މިހާރު ގިނައީ އެމީހެއްގެ ބޭނުމެއް ޖެހުމުން އަނެކާގެމަތިން ހަނދުމަކުރާ މީހުންނެވެ. ބައްދަލުކުރާނީވެސް ގުޅާނީވެސް ކަމެއް ޖެހުމުންނެވެ. ނުންނަމަ ތިބާ ދުނިޔޭގައި ހުރިތޯވެސް ބަލައިނުލާނެއެވެ.
އެއީ އަމިއްލަ އެދުމުން ފުރިގެންވާ މީހުންނެވެ. އެގޮތަށް ފާހަގަކުރެވޭ އެކަކާއިވެސް ގުޅުން ނުބާއްވާށެވެ! ގުޅުން ބާއްވާނަމަ ލިބޭނީ ދެރައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާކޮޅު ގެއްލި ހުސްވާނީއެވެ.
އެކުވެރިންނަކީ އަމިއްލަ ބޭނުމެއް ނެތި ގުޅުންބާއްވާ މީހުންނެވެ. އެމީހުން އަނެކާގެ ޙާލުބަލާނެއެވެ. ކަމަކަށް ބޭނުންވެގެންހުރިތޯވެސް ބަލާނެއެވެ. ދޭނެ ފައިސާ އަތުގައި ނެތްނަމަ ހިތްވަރުދޭނެއެވެ. ހެޔޮދުޢާވެސް ކޮށްދޭނެއެވެ.
އަތުގައި ހުރިނަމަ ޞަދަޤާތްކުރަންވީ ދަތިޙާލުގައިވާ މީހުންނަށެވެ. ހޭދަކުރަންވީ ﷲ ތަޢާލާއަށްޓަކައެވެ. ހެޔޮލަފާ އެކުވެރިއަކު ދަތިޙާލުގައި އުޅޭނަމަ އެމީހަކަށް އިސްކަންދޭންވާނެއެވެ. ޢާއިލާގެ މީހުންނަށް ވަކިންބޮޑަށް އިސްކަންދޭންވާނެއެވެ. ޞަދަޤާތްކުރުން އޮތީ ގާތުން ދުރަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން