ޢާއިޝަތު ރަފާޙް ޢަލީ
އުފާވެރި ދިރިއުޅުމެއް ހޯދުމަށް ބޭނުންވާ ވަޞީލަތްތަކަކީ ކޮބައިކަން ދެނެގަންނަން ބޭނުން ހެއްޔެވެ؟ މި ރީތި ޙަދީޘް އަޑުއަހާށެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ހަތަރު ކަމެއްވެއެވެ.
قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ، وَالْمَسْكَنُ الْوَاسِعُ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الْهَنِيءُ، وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضِّيقُ، وَالْمَرْكَبُ السُّوءُ»
އަދި ހިތާމައާއި ނުތަނަވަސްކަން ގެނެސްދޭ ހަތަރު ކަމެއްވެއެވެ. އެއީ:
ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ދިރިއުޅުމުގައި ލިބޭނެ އެންމެ ބޮޑު އުފަލަކީ ހެޔޮލަފާ އަންތބެއް ލިބުމެވެ. މިހާރު އެމެރިކާގައި މީހުން ބުނަނީ ކީކޭ ހެއްޔެވެ؟ "އުފާވެރި އަނބި، އުފާވެރި ދިރިއުޅުން" (Happy wife, happy life) ދޮގުތޯއެވެ؟ އިސްލާމްދީނުގައި އޮތީ "ހެޔޮލަފާ އަނބި، އުފާވެރި ދިރިއުޅުން" (Righteous wife, happy life) އެވެ.
ތިބާއަކީ ކައިވެނިކޮށްގެން އުޅޭ، އަދި ހެޔޮލަފާ އަންތބެއް ލިބިފައިވާ މީހެއްނަމަ، އަހަރެން މި ދައްކާ ވާހަކަ ވަރަށް ރަނގަޅަށް ތިބާއަށް އެނގޭނެއެވެ. ގޭގައި ހެޔޮލަފާ އަންތބަކު އިނެނަމަ، ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާނެއެވެ. އަދި އޭގެ އިދިކޮޅަށް ވެއްޖެނަމަ، އެހެން ހުރިހާ ކަމެއްވެސް ހަމަ އެމަގުން (ހަލާކުވެގެން) ހިނގައިދާނެއެވެ.
- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން
- މިއަދުނޫސް