ރާއްޖޭގެ ރަސްމީ ރިޒާވްގައި 686.8 މިލިޔަން ޑޮލަރަށްވުރެ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖޭގެ ރަސްމީ ރިޒާވްގައި 686.8 މިލިޔަން ޑޮލަރަށްވުރެ އިތުރުވެއްޖެ

2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 686.8 މިލިޔަން ޑޮލަރު ހުރިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ރިޒާވް ދަށްވި ނަމަވެސް، ދައުލަތަށް ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ބޭނުންކުރެވޭ ރިޒާވް 23 އިންސައްތަ އިތުރުވެ، މިހާރު ވަނީ 248.9 މިލިޔަން ޑޮލަރަށް އަރާފައެވެ.

ރިޒާވް ދަށްވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލަމުން އެމްއެމްއޭއިން ބުނީ، ބޭންކިން ނިޒާމަށާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށްޓަކައި އެމްއެމްއޭއިން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު އިތުރުވުމަކީ މީގެ މައިގަނޑު ސަބަބު ކަމަށެވެ.

ދައުލަތުގެ ދަރަނި ދެއްކުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ސަރުކާރުން މިހާތަނަށް 1.29 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކުރިއަށް އޮތް ތަނަށް އަންދާޒާކުރާ މިންވަރުތަކަށް ބަލާއިރު، މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެކަމަށް އެމްއެމްއޭއިން މިހާރު ވަނީ ލަފާކޮށްފައެވެ.

މިއަދު އޮންލައިން