މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ. މި ގެނެވުނު އިސްލާހުތަކަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 އިން ފެށިގެން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މީގެ ކުރިން އަމަލުކުރަމުން އައި ފަސް ދުވަހުގެ "ހޯލްޑް" ނުވަތަ ކިއު ހިފެހެއްޓުމުގެ ފުރުސަތު އުވާލުމެވެ. މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމުގެ ފުރުސަތު ވެސް މީގެ ފަހުން ނުލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އަލަށް އެކުލަވާލި އުސޫލުގެ ދަށުން، ކޮންމެ އުޅަނދަކަށް ވެސް ކިއުއެއްގައި ނޯޓުކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ޒޯނެއްގެ ކިއުއެއްގައެވެ. ނަމަވެސް، ކިއު ލަސްކުރުން ނުވަތަ "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް އޮޑިވެރިންނަށް ލިބިގެންދާނެއެވެ.

އެމްޕީއެލް އިން ހާމަކުރި ގޮތުގައި މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގެނައި ބަދަލުތަކެކެވެ. މި އިސްލާހުތައް އެކުލަވާލާފައިވަނީ އޮޑިވެރިންގެ ފަރާތުން ލިބިފައިވާ ޚިޔާލުތަކާއި މަޝްވަރާތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

މިއަދު އޮންލައިން