އެމްބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އިތުރު 17 ރަށަކަށް ބޭނުންވާ އެމްބިއުލަންސް މިއަދު ފޮނުވައިފިއެވެ.
މި ތަކެތި ހަވާލުކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، 17 ރަށަކަށް އެމްބިއުލަންސް ހަވާލުކޮށްދެއްވީ ޙަވާލުކޮށްދެއްވީ ވަޒީރު ޤީލާ ޢަލީ އެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ސިއްހީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވާލުކުރެވުނު 17 އެމްބިއުލަންސްއަކީ އަތޮޅުތެރޭގެ 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލަންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއެކު ޑިސެމްބަރު 2025 ގައި ހަވާލުކުރެވުނު މަޝްރޫޢުގެ ދަށުން ގެނެވުނު އުޅަނދުތަކެކެވެ.
މިއަދު ހަވާލުކުރެވުނު އެމްބިއުލަންސްތަކާއެކު، މިހާތަނަށް ޖުމްލަ 87 އައު އެމްބިއުލަންސް ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ވަނީ ހަވާލުކުރެވިފައެވެ.
މީގެ ސަބަބުން ރަށްރަށުގައި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެއެވެ.