ޢާއިޝަތު ރަފާޙް ޢަލީ
ސުވާލު: ﷲ ގެ ވަޖުހުފުޅަށްޓަކައި ލޯބިވުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ނަބިއްޔާ ﷺ ރީތި ޙަދީޘްފުޅެއްގައި މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. (މި މައުޟޫޢަށް އަޅުގަނޑުގެ ޔޫޓިއުބް ޗެނަލްގައި ލެކްޗަރއެއް ނުވަތަ އެއަށްވުރެ ގިނަ ވީޑިއޯ ހުންނާނެއެވެ.) އެއްވެސް ޝައްކެއްނެތް ޞައްޙަ ޙަދީޘެއްގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: ތިން ކަމެއް މީހެއްގެ ކިބައިގައި ހުރެއްޖެނަމަ، އެމީހަކަށް އީމާންކަމުގެ ފޮނިކަން ލިބޭނެއެވެ.
ވިސްނާލަބަލާށެވެ! އީމާންކަމުގައި ރަހައެއްވެއެވެ. މުޅި ޙަދީޘްގެ ތަފްޞީލަށް ނުގޮސް (ތިޔަބޭފުޅުން ލެކްޗަރ ބައްލަވާލައްވާ)، އޭގެތެރެއިން އެއް ކަމަކީ: މީހަކުދެކެ ލޯބިވާއިރު، ހަމައެކަނި ﷲ ގެ ވަޖުހުފުޅަށްޓަކައި އެމީހަކުދެކެ ލޯބިވުމެވެ. އަދި އެބައިމީހުން ބައްދަލުވަނީވެސް އެ ލޯބީގައެވެ. ވަކިވެދަނީވެސް އެ ލޯބީގައެވެ. (މިއީ ޤިޔާމަތް ދުވަހުން ﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް ބާވަތެއްގެ މީހުންގެ ތެރެއިންވެސް ހިމެނޭ ބައެކެވެ.)
ޙަދީޘްގައިވަނީ: لَا يُحِبُّهُ إِلَّا لِلَّهِ (ހަމައެކަނި ﷲ ގެ ވަޖުހުފުޅަށްޓަކައި މެނުވީ އެމީހަކުދެކެ ލޯބިނުވުމެވެ.)
މިއިން އެއްވެސް ކަމަކީ ﷲ ގެ ވަޖުހުފުޅަށްޓަކައި ލޯބިވުމެއް ނޫނެވެ.
އެކަމަކު:
މިއީ ﷲ ގެ ވަޖުހުފުޅަށްޓަކައި ލޯބިވުމެވެ.
އެހެންކަމުން، މީހަކު ﷲ އާ ކުއްތަންކޮށްދޭ ކޮންމެ ސިފައެއްގެ ސަބަބުން ތިބާ އެމީހަކުދެކެ ލޯބިވާނަމަ، އެއީ ﷲ ގެ ވަޖުހުފުޅަށްޓަކައި ލޯބިވުމެވެ. ﷲ ތަޢާލާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
- ޝައިޚް އާސިމް އަލް-ޙަކީމް
- މިއަދުނޫސް