ކުރާ ކަންކަން އަނބިމިހާއަށް އެނގުމުން ލިބޭ ބޮޑު ފައިދާ!: އެކުވެރިޔާގެ ގެއަށް ދެވިއްޖެކަން ފޯނުން އަނބިމީހާއަށް އެންގުނީތީ ބޮޑު ގެއްލުމަކުން ސަލާމަތްވެވުނު ޙާދިސާއެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކުރާ ކަންކަން އަނބިމިހާއަށް އެނގުމުން ލިބޭ ބޮޑު ފައިދާ!: އެކުވެރިޔާގެ ގެއަށް ދެވިއްޖެކަން ފޯނުން އަނބިމީހާއަށް އެންގުނީތީ ބޮޑު ގެއްލުމަކުން ސަލާމަތްވެވުނު ޙާދިސާއެއްގެ ވާހަކަ!

އެއީ ވަރަސް ލޯބިން އެކުގައި އުޅޭ ދެމަފިރިންނެވެ. ވަރަށް ތަޤްވާވެރި ދެމަފިރިންނެވެ. އެކަކު ނަމަވެސް ދެމީހުން އެކުގައިނަމަވެސް ގެއިން ބޭރަށް ނުކުންނަމަ ދެމަފިރިން އެކުގައި ތިބެގެން ޛިކުރުތައް ކިޔައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަނެއެވެ.  

ފިރިމީހާގެ އެކުވެރިއަކު ދިން ދަޢުވަތަކަށް އޭނާގެ ގެއަށް ފިރިމީހާ ދިއަ ރެއެކެވެ. ގެއިން ނުކުތީ އާދައިގެ މަތިން ދެމަފިރިން އެކުގައި ތިބެ ޛިކުރުކޮށް ދުޢާކުރުމަށްފަހުގައެވެ. ގޮސް އެގެއަށް ވަދެވުމުން އާދައިގެމަތިން އަނބިމީހާއަށް ގުޅައި އެގެއަށް ދެވިއްޖެވާހަކަ ބުންޏެވެ.  

އެކުވެރިޔާ: ކަލޭ މިހާރު ތަނަކަށްދެވޭއިރަށް އަނބިމީހާއަށް ގުޅައި އެވާހަކަ ބުނަންތަ؟ ހާދަވަރަކަށް އަނބިދަށުވެފައޭ!  

ގެއަށްދިއަ މެހްމާން: މިއީ އަނބިދަށުވުމެއް ނޫން! އަހުރެންނަށް ކަމެއްވިޔަސް އަނބިމީހާއަށް ކަންކަން ކުރަން ފަސޭހަވާނީ އަހުރެންވީތަނެއް އެނގުނީމަށްވާތީ އަންގައިލީ!  

އެހެންބުނާއިރަށް ފޯނު ނަގައިގެން އެކުވެރިޔާ އެތެރެއަށް ވަނުމުން ކަމެއް ގޯސްވާކަމަށް ވިސްނިގެން ދޮރުފަތުގައި ކަންފަތްޖަހައިލިއެވެ. "ރޭވުން މިރެއަކު ކުރިއަކަށް ނުގެންދެވޭނެ! މިގެއަށް އާދެވިއްޖެކަން އަނބިމީހާއަށް އަންގައިފި! ރޭވުން ތަންފީޒުކޮށްފިއްޔާ އަތުލައިގަތުމުގެ ފުރުޞަތު ބޮޑުވާނެ!"

އެކުވެރިޔާ ބޭރަށް ނުކުތްއިރު އަނެކާ ހުރީ އަނބިމީހާއަށް ގުޅައިގެންނެވެ. ކުއްލި ކަމެއް ޖެހިއްޖެކަމަށް ބުނެފައި ނުކުމެގެންދިއައީއެވެ.

ފަހުން އެނގުނު ގޮތުގައި އެކުވެރިޔާ ރާވާފައި އޮތީ ރީތި އަންހެން ކުދިންތަކެއް ގެއަށް ގެނެސް އޭނާ މަސްތުކުރުވާފައި ލިޔުމެއްގައި ސޮއިކުރުވައިގެން އޭނާގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދާށެވެ. އަދި އެކުދިންނާއިއެކު ފޮޓޯނަގައި ވީޑިއޯކޮށް ބްލެކްމޭލްވެސް ކުރާށެވެ.  

އަޅުގަނޑަށް ސޯޝަލް މީޑިއާއިން މިވީޑިއޯ ފެނުނުތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފެނުނީންސުރެ ވަރަށް ވިސްނީމެވެ. ގިނަ ފިރިން އަދި އަނބިންވެސް ދެކެނީ އެމީހުން ގޮސްއުޅޭތަންތަން ބައިވެރިޔާއަށް އެންގުމަކީ ބައިވެރިޔާގެ ދަށުވުން ކަމަށެވެ. އެހެންވެ ދާތަނަކާއިބެހޭ ގޮތުން ސުވާލުކުރިނަމަވެސް ރުޅިއައުދެއެވެ. ނަމަވެސް މިހުންނަނީ ހަމަ ހިނގާ ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރާމާހެއްޔެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން