ފަތިސްނަމާދަށް ހޭލަން އޮތް އެންމެ ފަސޭހަގޮތަކީ ދެމަލާއިކަތުންގެ އެހީތެރިކަން ހޯދައިގެން ނިދުނުން! މިއޮތީ އެކަމަށް ކުރަން އޮތް ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފަތިސްނަމާދަށް ހޭލަން އޮތް އެންމެ ފަސޭހަގޮތަކީ ދެމަލާއިކަތުންގެ އެހީތެރިކަން ހޯދައިގެން ނިދުނުން! މިއޮތީ އެކަމަށް ކުރަން އޮތް ކަންތައް!

މިލިޔުން ޚާއްޞަކޮށްމިލަނީ ފަތިސްނަމާދަށް ހޭލަން މަސައްކަތްކުރިޔަސް ނުހޭލެވޭ މީހުންނަށެވެ. ލިޔުން ވިދާޅުވެލައްވައި ޢަމަލުކުރައްވާށެވެ! ހޭލެވޭނެއެވެ. އިން ޝާ ﷲ  

ކޮންމެ ނަމާދަކީވެސް މުހިންމު ނަމާދެކެވެ. ކޮންމެހެން ކުރަންޖެހޭ ނަމާދެކެވެ. އެހެންކަމާއިއެކުގައިވެސް ފަތިސްނަމާދަކީ ދުވަހުގެ އެންމެ މުހިންމު ނަމާދުކަމުގައި ބުނެވެނީ ގިނަ ސަބަބުތަކެއް ހުރުމުންނެވެ.

ދުނިޔަވީ ގޮތުން ބެލި ނަމަވެސް ފަތިސްނަމާދުކުރުމާއި ގިނަ ކަންތައްތަކެއް ވަނީ ގުޅިލާމެހިފައެވެ. އެއިގެ ތެރޭގައި ފަތިސްނަމާދުކުރާމީހާއަށް މުޅި ދުވަހު ރައްކައުތެރިކަން ދެއްވެވުން، ރިޒްޤް ހޯދަން މަސައްކަތްކުރުމަށް ފުރުޞަތު ބޮޑުވެ މަގުފަހިވުން، ފަދަ އެތައް ކަމެއް ހިމެނިގެންނެއެވެ.  

ފަތިސްނަމާދަށް ހޭލަން ބޭނުންވާ މީހާއަށް 2 މަލާއިކަތުންގެ އެހީތަރިކަން ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމާއިއެކުގައިވެސް ގިނަ ބައަކަށް ފަތިސްވަގުތުގެ ނިންޖަކީ އެންމެ އަރާމު ނިދިކަމުގައިވެ ހޭލަން ބޭނުމެއް ނުވެއެވެ. އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ.  

ޙަދީޘްފުޅުގައިވަނީ އާޔަތުލްކުރުސި ކިޔައިގެން ނިދުމުން ނިދީން ހޭލަންދެން އެމީހާ ޙިމާޔަތްކުރައްވަވާނެ ފާރަވެރިއަކު ބަހައްތަވައިދެއްވަވާނެ ކަމަށެވެ. މާނައަކީ އާޔަތުލްކުރުސި ކިޔައިގެން ނިދަން އޮތް މީހާއަށް ވަސްވާސްދޭން ޝައިޠޯނާއަށް ކައިރިނުވެވޭނެ ކަމެވެ.  

ދެވަނަ ގޮތަކީ  ނިދުމުގެ ކުރިން ވުޟޫކުރުމެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ..) [أخرجه البخاري] 

މާނައީ: "ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ."  

ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން