ޤިޔާމަތްވާންވުމުން ފެންނާނެ ބިރުން ފިތްކަނޑައިގެންދާނެވަރުގެ ބޮޑެތި ޢަލާމާތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 31ސ
ޤިޔާމަތްވާންވުމުން ފެންނާނެ ބިރުން ފިތްކަނޑައިގެންދާނެވަރުގެ ބޮޑެތި ޢަލާމާތްތައް!

ޤިޔާމަތްވުމުގެ ކުރިން ފެންނާނެ ޢަލާމާތްތައް ބައިވަރެވެ. 

އަޅުގަނޑުމެން މިއަދު މިދުނިޔެއިން ފެންނަ ޢަލާމާތްތަކަށް ބަލާއިރުގާ މީސްތަކުންގެ އަތްމަތި ވަރަށް ތަނަވަސް ވެއްޖެ! ރިބާކެއުން ގިނަވެއްޖެ! ޢާއްމުވެއްޖެ! ރިޝްވަތުހިފުން ޢާއްމުވެއްޖެ! އަޅުގަނޑުމެންނަށް ލިބޭ ކުޑަކުޑަ އުފަލަކަށްޓަކައި އަޅުގަނޑުމެންނަށް ލިބިފައިވާ އީމާންކަން އަޅުގަނޑުމެން ވިއްކާލަންވެސް ފަސްނުޖެހޭ މިއަދު! ރިޝްވަތުގެ ހެޔޮ ފައްސަތޭކަ ރުފިޔާދިނަސް، އެއްހާސް ރުފިޔާ ދިނަސް، ދެހާސް ރުފިޔާދިނަސް، އޭގަހިފާ ތިމާގެ އީމާންކަންވެސް ވިއްކާލަން ތައްޔާރަށް އަޅުގަނޑުމެން މިތިބެނީ! ހެޔޮ ވާނެތޯ އެގޮތަށް ކަންތައްތައް ކުރަން؟ ހެޔޮވާނެތޯ އެގޮތަށް އަޅުގަނޑުމެން އުޅެން؟ ނުވާނެ އިގޭތޯ! 

ލޮބުވެތި އެންމެހާ ބޭކަލުންނޭ! ލޮބުވެތި އެންމެހާ ކަނބަލުންނޭ! މިކަމާމެދު ވިސްނަން ވެއްޖެ، ފިކުރު ކުރަންވެއްޖެ.  ވަގުތެއްނެތް ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވާފައި ވަނީ  އެމީހުން ކިޔާށޭ " مَنْ سَرَّهُ أَنْ يَنْظُرَ إِلَى يَوْمِ الْقِيَامَةِ كَأَنَّهُ رَأْىُ الْعَيْنٍ" ޤިޔާމަތަށް އެމީހެއްގެ ހަމަލޮލުން ބަލާލަން ބޭނުންވާމީހަކު " فَلْيَقْرَأْ " އެމީހަކު ކިޔާށޭ " إِذَا الشَّمْسُ كُوِّرَتْ ، وَإِذَا السَّمَاء انفَطَرَتْ، وَإِذَا السَّمَاء انشَقَّتْ " މިސޫރަތްތައް ކިޔާށޭ، އޭރުން ހަމަލޮލުން ޤިޔާމަތް ދުވަހަށް ބަލާލެވޭނެތޭ! 

ލޮބްވެތި އެންމެހާ މިތުރުންނޭ! ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވަނީ، އެވަޤުތު ޤިޔާމަތް ވުމުގެ ވަޤުތު، ދުނިޔެ ފަނާވެގެންދާ ވަޤުތު ދުނިޔެއަށް ވަމުންދާނެގޮތް "  إِذَا الشَّمْسُ كُوِّرَتْ  " އިރު ވައްކޮށް ގުޅަކޮށްލެވި، ބޮނޑިކޮށްލެވި، އޭގެނޫރު ކަނޑުވާލެވިއްޖެހިނދެވެ. "  وَإِذَا النُّجُومُ انكَدَرَت " އަދި ތަރިތައް ވިއްސި ވިހާލިވެގެން ހިގައްޖެހިނދެވެ. ތަރިތަކުން ލިބޭ އަލކަމެއް ނުލިބޭނޭ އިރުންލިބޭ އަލިކަން ކުއްލިއަކަށް ގެއްލުނީ، ކުއްލިއަކަށް މުޅިތަން އަނދިރިވީ މުޅި ސޯލާސިސްޓަމްގެ އެތެރޭގައިހުރި ހުރިހާ ޕްލެނެޓްތަކެއް އަނދިރިވީ އެއްކޮށް ދެންހުރި ހުރިހާ ޕްލެނެޓްތަކާ މިލްކީވޭތެރޭގާ ހުރި ހުރިހާ ތަންތަނެއް ފުނޑުފުނޑު ވެގެން އެދިޔައީ.! 

ސައިންސް ބުނާގޮތުން މިކަންތައްތައް މިހެންވާނީ ބްލެކްހޯލްގެ ތެރެޔަށް ބިންގަނޑާ އަދިވެސް ތަރިތައް ދަމައިގަތުމުން ކަމަށް ސައިންސް ބުނަނީ އެހެން ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވަނީ ބިމަށް އޭގެ ޒަލްޒަލާ އައިސް ބިން ހަލާކު ކޮށްލެވޭނެ ކަމަށް! އަދި ހަމަ އެހެންމެ ބިމުގެ ޖާޒުބިއްޔަތު ގެއްލިގެންގޮސް ބިން ވިއްސިވިހާލިވެގެން  ގޮސް މިހެން އޮޅެމުން އޮޅެމުން ވިއްސިވިހާލި ވެގެން ހިނގައިދާނެތެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާ އާޔަތްތައް އެހެރީ އަޅުގަނޑުމެންނަށް ފެންނަން " إِذَا الشَّمْسُ كُوِّرَتْ ، وَإِذَا النُّجُومُ انكَدَرَت ، وَإِذَا ٱلْجِبَالُ سُيِّرَتْ "   އަދި އެހެރަ ބޮޑެތި ފަރުބަދަތައް ލުހި އެފަރުބަދަތައް ހިންގެވިއްޖެހިދެވެ. އެފަރުބަދަތައް ފުނޑުފުނޑު ވެގެންދާހިނދެވެ. އެފަރުބަދަތައް ކުނޑިކުނޑިވެގެން ޖައްވުގެ ތެރެއަށް ކައުނުގެ ތެރެއަށް ބުރައިގެންދާ ބޮޑު ހިރަފުސްގަނޑެއްހެން އެފަރުބަދަތައް ވެގެންދާނެ ދުވަހޭ އެއީ އާދައިގެ އެއްޗިއްސެއް ނޫނޭ ސުބްޙާނަﷲ ކޮބައިތޯ މައުންޓް އެވަރެސްޓް، ކޮބައިތޯ އެލްސް ފަރުބަދަ، ކޮބައިތޯ ރޮކީ މައުޓަންސް، ބޮޑެތިބޮޑެތި މައުންޓަންސް ތައް އެހެރީ  ބޮޑެތި ފަރުބަދަތައް އެހެރީ ހަރުހިލަ، ރޯފަރުބަދަ ، ތިންހާސް މީޓަރު، ހަތަރުހާސް މީޓަރު، މިހެންގޮސް ކިޔާނެކަމެއްނެތް އެތައްހާސް މީޓަރެއްގެ އުހުގަހުރި ތަންތަން އެހެރަމާސިންގާ ބޮޑެތި ފަރުބަދަތައް ފުނދުފުނޑުވެގެން އަޅުގަނޑުމެންގެ ރަށެއްވަރުތޯ ވާނީ؟  

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވަރަށް ބޮޑެތި ބައިބައި ގޮތަށް ނުވަތަ ދިވެހިރާއްޖެއަށްވުރެ މާބޮޑެތި ބައިބައި ގޮތަށް ނުވަތަ ދިވެހިރާއްޖެއަށްވުރެ މާބޮޑެތި ސެޓްތައްގޮތަށް އެހެރީ ފަރުބަދަތައް  އެހުރިހާ ފަރުބަދަތަކެއް ލުހި ކުނޑިކުނޑިވެ ފުނޑުފުނޑު ވެގެންދާނެ، ފުނޑުފުނޑު ވެގެންގޮސް ޖައްވު ތެރެއަށް ހިރަފުސްގަނޑެއްހެން ބުރައިގެން ހަމަ ދާހިނދު ބިން އޭގެ ވަޒަން ގެއްލޭނެ ބިމުގެ ވަޒަންގެއްލި ދެން ބިމަށް ގޮތްގޮތްވާނެ. 

އާދެ އެވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ މިއަންގަވަނީ " وَإِذَا الْجِبَالُ سُيِّرَتْ ، وَإِذَا الْعِشَارُ عُطِّلَتْ " މާބަނޑު ޖަމަލުތަކާ އަޅާނުލެވި ދޫކޮށްލެވިއްޖެހިނދެވެ. މާބަނޑު ޖަމަލުތަކަކީ ޢަރަބިން ވަރަށް ބޮޑު ޚާއްޞަ ސަމާލުކަމެއް ދީގެން ގެންގުޅޭ ބަލަހައްޓާއެއްޗެއް. އެހެންނަމަވެސް އެމާބަނޑު ޖަމަލުތައްވެސް ކީއްކުރާނީ ބޭނުމެއްނޫނޭ އެއިއްޗެހިތައް އަޅާނުލާ ދޫކޮށްލެވިއްޖެހިނދެވެ. " وَإِذَا الْوُحُوشُ حُشِرَتْ " ވަލުޖަނަވާރުތައް އެމީހުން ތިބި ޖަންގަލިތަކުން ނިކުމެގެން އެސޮރުމެން ރައްތަކުގެ ތެރެއަށް އަރައިގަނެ އެސޮރުމެންވެސް އެނބުރެމުން ސެބުރެމުންދާނެ. ވަގުތޭ އެވަގުތަކީ "  وَإِذَا الْوُحُوشُ حُشِرَتْ " އަދި އެންމެހާ ވަލުޖަނަވާރުތައް އެއްތަނަކަށް އެއްކުރެވިއްޖެހިނދެވެ. "  وَإِذَا الْبِحَارُ سُجِّرَتْ " އަދި ކަނޑުތައް ރޯކޮށްލެވި އަލިފާން އެތަންތަނުގާ ހިފައިފިހިނދެވެ. މިހިރަ ފެންނަ މިއޮއް މާސިންގާ ކަނޑުތައް ބައްލަވާ ޕެސިފިކް އޯޝަން، އެޓްލާންޓިކްއޯޝަން، އިންޑިއަންއޯޝަން. ކިޔާނެކަމެއްނެތް ބޮޑެތި މާސިންގާ ކަނޑުތައް މިހިރީ މިހުރިހާ ކަނޑެއް "ސުބްޙާނަﷲ " އެކަނޑުތަކުގާ އަލިފާންގަނޑު ރޯވެގެންދާނެ.  

ޢިލްމުވެރިން ވިދާޅުވަނީ މިއޮއްފެންނަ މާސިންގާ ކަނޑުގެ ހުރިހާ ފެން ތަކެއް ލޮނުތަކެއް ވަގުތުން ހިނދިގެންދާނެތޭ ދެންއަރާނީ އަލިފާނޭ ފަހަރުގާ ވެދާނެ ބިމުގެ އަޑީގަ ގިނިކެކެމުންދާ އަލިފާންގަނޑުކަމަށް އެއަލިފާންގަނޑު މައްޗައް އަރާނެތޭ ކުއްލިއަކަށް ކަނޑުތައް ހުންނާނީ މީސްތަކުން ބަލާއިރު ކަނޑުތަކުގާ ހުންނާނީ ހުޅުރޯވެފައޭ ޖައްވުގެތެރޭ ވަރަށް އުސްކޮށް އެއަލިފާންގަނޑު މިހެން ރޯވެގެން އަރާފާ ހުންނާނެތޭ ކިހިނެއްތޯ ހަދާނީ އެހެންވެއްޖެކަމުގާވާނަމަ—

 

- ޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން