ހަމައެކަނި މިސަރުކާރުން ޒަކާތުގެ ފައިސާ ބެހިމިންވަރަށް ބަލައިލިޔަސް ގެނައި ހެޔޮ ބަދަލު ފާހަގަކުރެވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހަމައެކަނި މިސަރުކާރުން ޒަކާތުގެ ފައިސާ ބެހިމިންވަރަށް ބަލައިލިޔަސް ގެނައި ހެޔޮ ބަދަލު ފާހަގަކުރެވޭ!

ރައީސް ޑރ. މުޙައްމަދުގެ ސަރުކާރުން ވެރިކަމާއި ޙަވާލުވީ 2023 ވަނަ އަހަރު އެވެ. އެއަހަރު މުދަލު ޒަކާތަށް ބަހާފައިވަނީ ޙައްޤުވާ މީހަކަށް 3500 ރުފިޔާއެވެ. 2024 ވަނަ އަހަރު ބަހާފައިވަނީ 4000 ރުފިޔާއެވެ. ޖެހިގެން އައި 2025 ވަނަ އަހަރު ވަނީ މީހަކަށް 5000 ރުފިޔާ ބަހައިފައެވެ.  

2019 ވަނަ އަހަރު ބަހާފައިވަނީ 2000 ރުފިޔާއެވެ. 2023 ވަނަ އަހަރު ބަހާފައިވަނީ 3500 ރުފިޔާއެވެ. ވީމާ އެމްޑީޕީގެ ވެރިކަމުގެ 5 އަހަރުތެރޭ އިތުރުކުރެވުނީ ބޮލަކަށް 1500 ރުފިޔާއެވެ. މިސަރުކާރުން އެވަނީ އެޢަދަދު 2 އަހަރުތެރޭ އިތުރުކޮށްފައެވެ.  

ފިޠުރު ޒަކާތަށް ބަލައިފިނަމަ ޙައްޤުވާ އެންމެންގެ މެދުގައި ހަމަހަމަކޮށް ބަހަން ފަށައި 2025 ވަނަ އަހަރު މީހަކަށް 4500 ރުފިޔާ އަދި މިއަހަރު މީހަކަށް 6000 ރުފިޔާ ބަހުމުން އެޢަދަދުވެސް އެވަނީ ރެކޯޑް ޢަދަދަކަށްވެފައެވެ.

އަތޮޅު ތެރެއިން ބަލައިގަނެވޭ ޒަކާތް ކުރީގެ ސަރުކާރުތަކުން ބަހާފައިވަނީ އެ ރަށެއްގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ވާތީ އެކި ރަށްރަށަށް ބަހާފައި ވަނީ އެކި މިންވަރަށެވެ. އޭގެ ސަބަބުން ބައެއް ފަރާތްތަކަށް ވަރަށް މަދުންވެސް ފިޠުރު ޒަކާތް ލިބިފައި ވެއެވެ.  

2023 ވަނަ އަހަރަށްވުރެ މިއަހަރު ފިޠުރު ޒަކާތަށް ދެއްކި ޢަދަދު 7 މިލިއަން ރުފިޔާ އާއި ގާތަށް ގިނައެވެ. މުދަލު ޒަކާތަށް ބަލައިފިނަމަ 2023 ވަނައަހަރު ލިބިފައިވަނީ 90 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރު ވަނީ 107 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 17 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ޒަކާތާއިމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވަން މިހާރުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ޒަކާތް ބެހުމުގެ އުޞޫތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުންނެވެ. ޒަކާތުގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އުފެއްދި ޒަކާތު ހައުސް އިން ގެންދަނީ ޒަކާތްދެއްކުމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށާއި ޙައްޤުވެރިންނަށް ވީހާ ރަނގަޅަކަށް ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.  

 

ތަފާސްހިސާބު – ފިޠުރު ޒަކާތާއި މުދަލު ޒަކާތް

މީޑިއާ

މިއަދު އޮންލައިން