ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނީ 8 ނޮވެމްބަރު 2008 ރާއްޖޭގެ ޑޮލަރު މައްސަލަ ޙައްލުކުރަން ބޭނުންވާ ޑޮލަރު ހިފައިގެން ރާއްޖެ އަންނަން ފުރި ބޯޓު ރާއްޖެ އައިސްގެން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނީ 8 ނޮވެމްބަރު 2008 ރާއްޖޭގެ ޑޮލަރު މައްސަލަ ޙައްލުކުރަން ބޭނުންވާ ޑޮލަރު ހިފައިގެން ރާއްޖެ އަންނަން ފުރި ބޯޓު ރާއްޖެ އައިސްގެން ނޫންތޯ؟

ޑޮލަރުގެ މައްސަލަ ޙައްލުކޮށް ޑޮލަރުގެ އަގު ހެޔޮކުރެވޭނެ ގޮތް އަނެއްކާވެސް ރައީސް ނަޝީދު ގޮތްތަކެއް ވިދާޅުވެދެއްވިކަމުގެ ޚަބަރު ފެތުރޭތީ ކޮށްލަން އޮތް ސުވާލަކީ:  

ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނީ 8 ނޮވެމްބަރު 2008 ރާއްޖޭގެ ޑޮލަރު މައްސަލަ ޙައްލުކުރަން ބޭނުންވާ ޑޮލަރު ހިފައިގެން ރާއްޖެ އަންނަން ފުރި ބޯޓު ރާއްޖެ އައިސްގެން ނޫންތޯ؟ 

ހަނދާންވާ ގޮތުން އެއީ 8 ނޮވެމްބަރު 2008 ވަނަ ދުވަހެވެ. އެ ދުވަހު ދަރުބާރުގޭގައި ރައީސް ނަޝީދު ބޭއްވެވި ޕްރެސްގެ ވީޑިއޯ ހުރި ފަރާތްތަކުން ވީޑިއޯ ބައްލަވާލައްވާށެވެ! ޑޮލަރުގެ ދަތިކަން ފިލުވައި މައްސަލަ ޙައްލުކުރަން ބޭނުންވާ 300 މިލިއަން ޑޮލަރު ރާއްޖެއަށް އެބަ އަންނަކަމަށާއި މިހާރުވަނީ އައުމުގެ މަގުމަތީގައިކަމަށް ވިދާޅުވެފައިވާނެއެވެ.  

އެ 300 މިލިއަން ޑޮލަރު ހިފައިގެން ރާއްޖެއަށް އަންނަން ފުރި ބޯޓަށްވީ ގޮތެއް އަދި މިއަދާއި ހަމައަށްވެސް އެނގުނުކަން އެނގިފައެއް ނުވެއެވެ. މެލޭސިޔާއިން ފުރިތަނުން ގެއްލުނު އެމްއެޗް ފްލައިޓަށްވީގޮތް ވީނޫންކަމެއްވެސް ނުއެނގެއެވެ.  

ފެހި ޤާނޫނު އަސާސީގެ ދަށުން އެންމެ ދިގު މުއްދަތެއްގައި ވެރިކަންކޮށްފައިވަނީ އެމްޑީޕީންނެވެ. 8 އަހަރެވެ. ރައީސް ނަޝީދުގެ 3 އަހަރާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ 5 އަހަރާއިއެކު ހުމުލަ 8 އަހަރެވެ. ޑޮލަރުގެ އަގު އުފުލުން ނޫންކަމެއް ވިބާވައެވެ! އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު 5 އަހަރުނިމުނު އިރު ޑޮލަރެއް ހުރީ 19 ރުފިޔާއަށްވުރެ މަތީގައެވެ. މިއަދު 20 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އެ 5 އަހަރުތެރޭގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރަން މިސަރުކާރަށް ޖެހުންކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ.  

ރައްޔިތުންގެ ބޮލަށް ޗިޕްޖެހޭނެކަމަށް މޮޅު ވާހަކަތައް ދެއްކިނަމަވެސް ދެލޯ ހުޅުވައިގެން ކަންކަން ބަލަން ތިބި މީހުންނަށް ޙަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ. ލޮލަށްފެނި ކުރެވިފައިވާ ޔަޖުރިބާތައް ގިރިޓީއެއްވެސް ނުކުރެވޭނެއެވެ.

 

 

މިއަދު އޮންލައިން