އުފާވެރިކަން ލިބި ތިބާގެ ޙާލަތު ތިބާއެދޭގޮތަށް ބަދަލުކޮށްދޭނެ ދެޢަމަލު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އުފާވެރިކަން ލިބި ތިބާގެ ޙާލަތު ތިބާއެދޭގޮތަށް ބަދަލުކޮށްދޭނެ ދެޢަމަލު! އިން ޝާ ﷲ

ދިރިހުރިހާ ހިނދަކު ދާނީ މުޞީބާތްތައް ކުރިމަތިވަމުންނެވެ. އެކި ފެންވަރުގެ މުޞީބާތްތަކެވެ. އެކި މީހުންނަށް އެކި މުޞީބާތްތަކެވެ. މިޘާލަކަށް ބުނާނަމަ އެއްބައަކު ބަލިޙާލުގައެވެ. އަނެއް ބައަކު އަތްމަތިދަތިވެ ފަޤީރު ޙާލުގައެވެ. އަނެއްބައަކަށް ތަނަވަސްކަން ލިބިފައިވާނަމަ ހިތްދަތިކަމުގައެވެ. މިހެން ގޮސް ކޮންމެ މީހަކަށްވެސް އަބަދުވެސް އޮންނާނީ ކޮންމެވެސް މުޞީބާތެއް ކުރިމަތިވެފައެވެ.  

އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް މުސްލިމުން ޔަޤީންކުރަންޖެހޭނެ ކަމެކެވެ. އެކަންކަން އެގޮތަށް މެދުވެރިވަމުންދާނެކަން ކީރިތި ޤުރްއާނުން އެނގެން އޮތުމުންނެވެ. އިމްތިޙާނު ނުކުރައްވަވައި ހަމައެކަކުވެސް ދޫނުކުރައްވަވާނެކަމަށް ކީރިތި ޤުރްޢާނުގައި އޮތުމުންނެވެ.  

ފުރަތަމަ ކަމަކަށް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެންމެ ފުރިހަމަ ގޮތުގައި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. ހަމައެއާއިއެކު މާތް 2 އަޅުކަން ކަމުގައިވާ ޞަދަޤާތް ދިނުމާއި ދުޢާކުރުން ގިނަކުރުމެވެ.  

ޞަދަޤާތުގެ ސަބަބުން މުޞީބާތް އުފުއްލެވެއެވެ. (މުޞީބާތްތައް ނެތިކުރައްވަވައި މުޞީބާތްތަކުން ސަލާމަތް ކުރައްވަވައެވެ.) ދުޢާގެ ސަބަބުން މެނުވީ ޤަދަރު ބަދަލެއް ނުކުރައްވަވައެވެ.  

ޞަދަޤާތް ދިނުމަކީ ހަމައެކަނި ތަނަވަސްމީހުންނަށް ކުރެވެން އޮތް ކަމެއް ނޫނެވެ. މީސްތަކުންނަށް ހިނިތުންވުމާއި ހެޔޮކޮށްހިތުމަކީވެސް ޞަދަޤާތެވެ. އަނބިދަރިންނަށް ކާންބޯން ދިނުމަކީވެސް ޞަދަޤާތެކެވެ. ވީމާ ހަމަބޭނުންވަނީ އިޚްލާޞްތެރިކަމާއި ހެޔޮ ނިޔަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން