އިޚްލާޞްތެރި، ޙަޤީޤީ ހިނިތުންވުމުން ކުރާ ފައިދާތައް މިހާ ގިނަކަން އެނގޭނަމަ އަބަދުވެސް ހުންނަން ބޭނުންވާނީ ހިނިތުންވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އިޚްލާޞްތެރި، ޙަޤީޤީ ހިނިތުންވުމުން ކުރާ ފައިދާތައް މިހާ ގިނަކަން އެނގޭނަމަ އަބަދުވެސް ހުންނަން ބޭނުންވާނީ ހިނިތުންވެގެން!

މައުޟޫއަށް ފެށުމުގެ ކުރިންވެސް މިވާހަކަ ބުނެލަން ބޭނުމެވެ. އެއީ މިކަމުގެ ދެރަ ލިބޭ މީހުން ގިނަކަމުންނެވެ. އެކަމަކީ މޫނުކުނިކުރާނަމަ (މީހުންނަށް ކުނިމޫނު ދައްކާނަމަ އެމީހެއްގެ މޫނުގެ ސިފަ އެގޮތަށް ބަދަލުވެއެވެ. އެއިރުން އަބަދުވެސް ފެންނާނީ މޫނުކުނިކޮށްގެން ހުއްޓައެވެ. އަދި އެމީހެއްގެ މިޒާޖާއި ޢަމަލުތައްވެސް ކުނިވެއެވެ.  

ދެން މިދައްކަނީ ހިނިތުންވުމުގެ ވާހަކައެވެ. ހިނިތުންވުމުން ޙާޞިލުނުކުރެވޭނެ ކަމެއްނެތްކަމަށް ބުނެފިނަމަ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާނެއެވެ. އެހެންވެ މިބަލައިލަނީ ހިނިތުންވުމުން ޙާޞިލުކުރެވޭނެ ބައެއް ކަންކަމަށެވެ.  

1 ހިނިތުންވުމުގެ ހުރި ބާރުގަދަކަން އެނގޭނަމަ ހިނިތުންވުން ގިނަ ކުރާނެއެވެ. ހިނިތުންވުމަކީ އަލިފާން ނިއްވައިލާ އެއްޗެކެވެ. އެބަހުގެ މާނައަކީ މީހަކު ރުޅިއައިސްގެން ހުރިނަމަވެސް ހިނިތުންވެ ހުރެ އެމީހަކާއި ވާހަކަދައްކާނަމަ އެމީހާގެ ރުޅި މަޑުވެގެންދާތީއެވެ. ރުޅި އައިސްގެން ކުރިމަތިލާ މީހާ ބަލިކޮށްލެވެއެވެ.

މިޘާލަކަށް އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އެނޫން މީހަކުނަވެސް ތިބާ ދެކެ ވަރަށް ގަދައަށް ރުޅި އައިސްފައި ހުރެދާނެއެވެ. އެހާލަތުގައި އެމީހަކާއި ބައްދަލުކުރާއިރުވެސް ތިބާ ނިކަން ހިނިތުންވެގެން ހުރެބަލާށެވެ! އެމީހުން ތިބާއަށްޓަކައި ހިތްހަރުކޮށް ހިލަކޮށްގެން ތިބި ނަމަވެސް ތިބާ އެމީހުންނާއި ބައްދަލުކުރަމުން ގެންދަނީ ހިނިތުންވުމާއިއެކުގައި ކަމަށްވާނަމަ އެއިގެ ތެރެއިން ގިނަބައެއްގެ ހިތް ތިބާއަށްޓަކައި މަޑުމޮޅި އޯގާތެރި ހިތަކަށް ބަދަލުވެގެންދާކަން ދިރާސާތަކުން އެނގެއެވެ.   

2 ހިތުގެ ފާރުތައް ހިއްކައިދެއެވެ. މާނައަކީ ހިތަށް ލިބޭ ނުތަނަވަސްކަން ފިލުވައިލެވޭ ކަމެވެ. އުފާވެރިކަން ލިބިގަނެވޭ ކަމެވެ.  

މިޘާލެއްގެ ގޮތުން ބަލި މީހަކާއި ބައްދަލުކުރި ނަމަވެސް އަދި ހިތްދަތިކަމެއްގައި އުޅޭ މީހަކާއި ބައްދަލުކުރި ނަމަވެސް ހިނިތުންވުމާއިއެކު ބައްދަލުކުރުމުން އޭނާއަށް ލިބޭ ވޭންތައް ކުޑަވެގެންދާނެއެވެ. އުފާވެރިކަން އިޙްޞާޞް ކުރެވޭނެއެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ހިނިތުންވުމުގެ ސަބަބުން އޭނާގެ ހިތުގެ ޒަޚަމްތަކުގައި ދާނީ ބޭސްއެޅި ފަރުވާ ވެސް ލިބުމުންނެވ!   

3 ދީނުގައި ހިނިތުންވުމަކީ ޞަދަޤާތެކެވެ! ވީމާ ހިތުންވުން އެއޮތީ ޘަވާބު ލިބޭ ޢަމަލަކަށްވެސްވެފައެވެ.  

4 "ރުޅި އައިސްގެން ކުރިމަތިލާ މީހާ ބަލިވެސް ކޮށްލައެވެ!" މިބަހުގެ މާނައަކީ މީހަކު ރުޅިއައިސްގެން ހުރެ ތިބާ އާއި ކުރިމަތިލި ނަމަވެސް ތިބާ ހިނިތުންވެ ހުރެ ރައްދު ދިނުމުން ރުޅި އައިސްގެން ހުރި މީހާގެ ރުޅި މައިތިރިވާކަމެވެ. ދިރާސާތަކުން ފެންނަ ގޮތުން ރުޅިގަދަވެގެން އަންނަ ޙާލަތުގައި ހިނިތުންވުމާއިއެކު ކުރިމަތިލުމުނ 93 އިންސައްތަ މައްސަލަތައް ޙާޞިލުވެއެވެ. އަދި 87 އިންސައްތަ ފަހަރު ރުޅިއައިސްގެން ކުރިމަތިލާ މީހުންނާއި ހިނިތުންވެގެންހުރެ ބައްދަލުކުރުމުން ރުޅި އައިސްގެން ކުރިމަތިލި މީހާގެ ރުޅި މައިތިރިވުމުގެ އިތުރުން ހިތުގައި ހަމްދަރުދީ ވެސް އުފެދެއެވެ.  

ދެން ނިކަން ބުނެބަލާށެވެ! ހިނިތުންވެގެން ހުންނަ މީހަކަށް ޙާޞިލުނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން