ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމާލައިފި

ނ. ކެނދިކުޅުދޫގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޤާއިމުކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތްތަކެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށްގެންދިޔަ ކުންފުނި، އާރުޑީސީން ވިދާޅުވީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްދިޔަ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. މިއީ އެ ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ވައުދުފުޅާ އެއްގޮތަށް ޕާކުގެ މަސައްކަތް ނިމިގެން ދިއުމަކީ، ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.

މި މަޝްރޫޢު ނިމުމާއެކު، ކެނދިކުޅުދޫގެ ކުޑަކުދިންނަށް ކުޅިވަރު ކުޅެލުމަށާއި ވަގުތު ހޭދަކޮށްލުމަށް ރައްކާތެރި އަދި ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ސަރަޙައްދެއް މިހާރު ވަނީ ލިބިފައެވެ.

މިއަދު އޮންލައިން