ޗުއްޓީ ހޭދަކުރާއިރުވެސް ޢީދުތަކުގައިވެސް ނުކޮށް ދޫކޮށްލައިގެން ނުވާނެ ކަންކަމަށް ސަމާލުކަންދިނުމަކީ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޗުއްޓީ ހޭދަކުރާއިރުވެސް ޢީދުތަކުގައިވެސް ނުކޮށް ދޫކޮށްލައިގެން ނުވާނެ ކަންކަމަށް ސަމާލުކަންދިނުމަކީ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެއް!

ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ!

އެންމެ 2 ރަކްއަތް ކުރިނަމަވެސް ރޭއަޅުކަންކުރިކަމަށް އެބަވެއެވެ. 2 ރަކްޢަތުގައި އެންމެ 10 އާޔަތް ކިޔަވާލައިފިނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅެއްކަމުގައިވެގެންދެއެވެ.  

ޢާއިލާއާއިއެކު ޗުއްޓީ ހޭދަކުރާއިރުވެސް ރޭއަޅުކަންކުރާށެވެ! އެއީ ބުރަކަމަކަށް ނުހަދާށެވެ! އެއީ ދަތުރެއް ކަމަށް ނުބަލާށެވެ! ސަބަބަކީ ގެއަށްވުރެ މާއަރާމުގައި ވަޤުތުހޭދަކުރާތީއެވެ. ދަންވަރު ހޭލަން އުނދަގޫވާނަމަ ނިދުމުގެ ކުރިން 2 ރަކްޢަތްކޮށްލާށެވެ. މިބަހުގެ މާނަ އޮޅުވައިނުލާށެވެ! ދަތުރުމަތީގައި ރޭއަޅުކަން ނުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކޮށްފިނަމަ އެދެވެނީ މަތީ ދަރަޖައަކަށެވެ.  

އަހުރެން މިހެން މިބުނަނީ ދަތުރުފުޅުތަކުގައިވެސް ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތުރި އާއި ފަތިސްނަމާދުގެ އިހުސުންނަތް ދޫކޮށްނުލައްވަވާތީއެވެ. ވީމާ އެންމެ ކުޑަމިނުން ވިތުރި ނަމަވެސް ކޮށްލާށެވެ.  

ޢީދުތަކުގައިވެސް ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވާށެވެ. ފަރުޟު އަދާކޮށްލާފައި ރަވާތިބް ސުންނަތް ނުކޮށް ދޫކޮށްނުލާށެވެ! ޢިޝާ ނަމާދަށްފަހު ވިތުރިގެ 3 ރަކްޢަތް ކޮށްލާށެވެ! ދަމުނަމާދަށް ހޭލަން މަސައްކަތްކުރާށެވެ. އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލާށެވެ!  

އުފާކުރުމުގެ ފުރުޞަތު ދެއްވަވައި މަގުފަހިކޮށްދެއްވަވަނީ ﷲ ތަޢާލާއެވެ. ތިބާ ކުޅިވަރުތަކުގައި ބައިވެރިވެ އުފާކުރަމުންދާއިރު ތަފާތު ސަބަބުތައް ދިމާވެ ޢީދުގެ އުފަލުގައި ބައިވެރި ނުވެވޭ ޙާލުގައި ހަމަ ތިބާގެ ރަށުގައި އަދި ތިބާގެ އަވަށްޓެރިންގެ ތެރޭގައި ކިތައް މީހުން ތިބިކަން ހަނދާންކޮށްލާށެވެ. ވީމާ ތިބާއަށް ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވާށެވެ! 

ކާމިޔާބު މީހަކަށް ވެވޭނެ މަގު ވަނީ ވަރަށް ފަސޭހަކޮށް ދެއްވަވައިފައެވެ. ހަމަކަށަވަރުން ކާމިޔާބު މީހުންނަކީ އާޚިރަތް ކާމިޔާބުކުރެވޭ މީހުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުމެއް-:

https://islamqa.info/en/answers/208/do-you-pray-witr-when-travelling

 

މިއަދު އޮންލައިން