ތިބާއަށް ކައިވެންޏަށް ހުރަސް އަޅަން ސިޙުރުހަދާފައިވާނަމަ ފެންނާނެ ބައެއް ޢަލާމާތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާއަށް ކައިވެންޏަށް ހުރަސް އަޅަން ސިޙުރުހަދާފައިވާނަމަ ފެންނާނެ ބައެއް ޢަލާމާތްތައް!

އަޅުގަނޑުމެންގެ އެންމެ ދޮށީދައްތައަކީ ޢާއިލާގައި ހުރި އެންމެ ރީތި އަދި އަޚްލާޤްވެސް އެހައި ރަނގަޅު ކުއްޖާއެވެ. ކައިވެނިކުރަން މަސައްކަތްވެސް ކުރެއެވެ. 2 ފަހަރަކު ތާރީޚުވެސް ކަނޑައަޅައިފިއެވެ. ނަމަވެސް ކޮންމެވެސް މައްސަލައެއް ޖެހި ކައިވެނި ނުކުރެވެނީއެވެ.  

އަބަދު އެގޮތަށް ދިމާވާތީ ބެލެވެނީ ކޮންމެވެސް މީހަކު ދޮންތައަށް ކައިވެނިނުކުރެވޭނެ ގޮތަށް ކޮންމެވެސް ކަމެއް ކޮށްގެން އުޅެނީ ކަމަށެވެ. އެކަން ދެނެގަނެވޭނެ ޢަލާމާތްތަކަކީ ކޮބައިތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ  

"މީހަކާ  ނީންދެވޭގޮތަށް ހަދާފައިވާ ސިހުރެއް ޖެހިފައިވާކަމަށް ވަނީނަމަ ކައިވެނި ކުރަން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ކައިވެންޏަށް ހުރަސް އެޅޭގޮތްވެދާނެއެވެ. އެއީ އޭނާ ކިތަންމެ ބޮޑަށް ބޭނުންވެގެން އަދި ކައިވެނިކުރަން އުޅުންކަމުގައިވީނަމަވެސް އެއްގޮތަކަށްވެސް އެކަން ކުރެވޭނެ ގޮތެއް ނުވެއެވެ. 

އަދި ކައިވެންޏެއްކުރަން މިސާލަކަށް ހަމަ ހަމަޖައްސާފައި އޮއްވާ ވާނުވާއެއް ނޭންގި އެއްވެސް  ސަބަބެއްނޭންގި އެކައިވެނި ނުކުރެވޭގޮތްވެސް ވެދާނެއެވެ. އަދި ކައިވެނި ކުރިކަމުގައި ވީނަމަވެސް އެނގުމެއް ނުވާގޮތަށް އެއްވެސް ތާކުންތާކު ނުޖެހޭ އެއްވެސް ސަބަބެއް ނެތި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހުން ފަދަ ކަންތައްތައްވެސް ދިމާވެދާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މީގެ އިތުން އެއްވެސް ސަބަބެއް ނެތި އަނެކާގެ މައްޗަށް ޝައްކުތައް ކުރެވެއެވެ. ހަމައެގޮތަށް އެއްވެސް ސަބަބެއް ނެތި މިއީ ހަމަ އެންމެ ރަނގަޅު މީހާކަމާއިމެދުގައި ހިތުގައި ޝައްކުތައް އުފެދެއެވެ. މިއީ އެންމެ ރަނގަޅު ވަޤުތުކަމާއިމެދުގައިވެސް ސުވާލުތައް އުފެދެއެވެ. މިހުންނަނީ ކައިވެނި ކުރުމަށް އެޅޭ ހުރަސްތަކެވެ.  

އެބާވަތުގެ ކަންތައްތައް ކުރިމަތިވާނަމަ ރުޤްޔާ ކުރާށެވެ! އިސްތިޚާރާވެސް ކުރާށެވެ!

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން