ޓްރެވެލާ އިން ސީދާ އައްޑޫން ފެށި ދަތުރުތަކާއެކު ޖުލައި މަހުގެ ޢުމުރާއަށް ގިނަ ބައަކު މައްކާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޓްރެވެލާ އިން ސީދާ އައްޑޫން ފެށި ދަތުރުތަކާއެކު ޖުލައި މަހުގެ ޢުމުރާއަށް ގިނަ ބައަކު މައްކާއަށް!

މިއަހަރުގެ ޖުލައި މަހުގެ ޢުމުރާއަށް މިހާރުވެސް ހަތަރު ހާހަށްވުރެ ގިނަ މީހުން ފުރާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.  

މިމަހުގެ ޢުމުރާ ދަތުރަކީ ވަރަށް ޚާއްޞަ ދަތުރަކަށްވެސް ވަނީވެފައެވެ. އެއީ މިހައިތަނަށް ޙައްޖާއި ޢުމުރާގެ ހުރިހާ ދަތުރުތަކަކަށް ފުރާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ނަމަވެސް މިމަހުގެ ދަތުރުތަކަށް އައްޑޫސިޓީން ދަތުރުތައް ކުރަން ފެށުމުންނެވެ.  

ޢުމްރާއަށް މީހުން ގެންދިއުމަށާއި ޚިދުމަތް ދިނުމުގައި އެންމެ ކުރީގައި އޮންނަ ޓްރެވެލަރ ޖަމާޢަތުން މޯލްޑިވިއަން އާއިއެކު ފެށި މިދަތުރުތަކުގެ ސަބަބުން ދަތުރުގެ އަގު ބޮޑުތަނުން ހެޔޮވުމުން އައްޑޫސިޓީ އާއި އެސަރަޙައްދުގެ ގިނަ ބައަކަށްވަނީ އެކަމުގެ ލުއިފަސޭހަތައް ލިބިފައެވެ.  

ސްކޫލްބަންދުތަކުގައި ގިނަ ބައަކު ދަރިން ގޮވައިގެން ޢާއިލާ އެކުގައި ޢުމްރާ ދަތުރުތައްކުރާކަން ފާހަގަކުރެވެއެވެ. މިމަހުގެ ދަތުރަށް ގިނަ ޢާއިލާތަކެއް ވަނީ ފުރައިފައެވެ. ލިބޭ ޗުއްޓީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކުރަން އެންމެ ފައިދާހުރި ދަތުރަކީވެސް ޢުމުރާ ދަތުރެވެ.  

ޙައްޖު ކިޔޫ ދިގުވެ ފުރުޞަތުލިބުން ލަސްވެފައިވުމަކީވެސް ގިނަ ބައަކު ޢުމްރާ ދަތުރުތަކަށް ސަމާލުކަންދޭ ސަބަބެކެވެ.

މިއަދު އޮންލައިން