ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނީ އެމީހަކަށް ފައިދާހުރި އަދި އުފާވެރިކަން ލިބޭނެ ކަންކަމުގައި ކުރިއަރައިދިއުމަށެވެ. މަޑަކުންވެސް ނޫނެވެ. އެންމެ ބާރަށް ކުރިއަރައިދިއުމަށެވެ. ވީމާ މިގެނެސްދެނީ އެކަމަސް އޮތް އެންމެ ފަސޭހަ މަގެވެ.
ޛިކުރުކުރާމީހުންގެ މަތިން ﷲ ހަނދުމަކުރެއްވުމަކީ އެބައެއްގެ މަތިވެރިކަމަށް ފުދިގެންވާކަމެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾ (البقرة: 152) މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ!"
އަދި އިލާހުވަންތަ ފަރާތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.
((فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي، وَإِنْ ذَكَرَنِي فِي مَلَإٍ ذَكَرْتُهُ فِي مَلَإٍ خَيْرٍ مِنْهُمْ))
މާނައީ: "ފަހެ އޭނާގެ އަމިއްލަ ނަފުސަށް އޭނާ ތިމަން ﷲ ހަނދުމަކޮށްފިނަމަ ތިމަން ﷲ ވެސް އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ޖަމާޢަތެއްގެ ތެރޭގައި ތިމަން ﷲ ހަނދުމަކޮށްފިނަމަ އެޖަމާޢަތަށްވުރެ ހެޔޮ ޖަމާޢަތެއްގައި އޭނާ ހަނދުމަކުރައްވާހުށީމެވެ."
ތިބާގެ މަތިން ޢާލަމުތަކުގެ ވެރިރަސްކަލާނގެ ހަނދުމަކުރެއްވުމަށްވުރެ މަތިވެރި ޝަރަފަކީ އަދި މަތިވެރި ފަޚްރަކީ ފަހެ ކޮބައިހެއްޔެވެ؟
މި ސަބަބާހުރެ، އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. "ޛިކުރުކުރާމީހުން ހުރިހާ ހެޔޮކަމަކައިގެން ކުރިއަރައިހިނގައްޖެއެވެ!"
- މަސްދަރު: ދިސަލަފިއްޔާ