''ވިލުންތެރި ބިނާރު''ގެ ތިން ވަނަ ސެޝަން ކުޅުދުއްފުށި ސީޓީގައި ކުރިއަށްގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
''ވިލުންތެރި ބިނާރު''ގެ ތިން ވަނަ ސެޝަން ކުޅުދުއްފުށި ސީޓީގައި ކުރިއަށްގެންގޮސްފި

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން "ވިލުންތެރި ބިނާރު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ 3 ވަނަ ސެޝަން ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސެޝަންގައި ކައުންސިލު މެންބަރުންގެ އިތުރުން އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމަކީ "އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް" (އައި.އާރް.އައި.އެސް) ޕްރޮގްރާމްގެ ދަށުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރސް (ސީ.ޑީ.އާރު.އައި) ގެ އިންފްރާސްޓްރަކްޗަރ ރެސިލިއަންސް އެކްސެލެރޭޓަރ ފަންޑުގެ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

އައި.އާރު.އައި.އެސް އަކީ ސްމޯލް އައިލެންޑް ޑިވަލޮޕިންގ ސްޓޭޓް (ސިޑްސް) ގައި ވިލުންތެރި އަދި ހުރިހާ ފަރާތްތަކެއް ޝާމިލުވާ ބިނާވެށީގެ ނިޒާމުތަކެއް ގާއިމުކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އެހީތެރިވުމަށް ސީ.ޑީ.އާރު.އައި އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ވިލުންތެރި ބިނާރު" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުމްރާނީ ތަރައްޤީގެ ކަންކަން ރާވައި ހިންގުމުގައި، މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ނިޒާމީ ގޮތެއްގައި ރިޢާޔަތްކުރުމަށްޓަކައި، ކައުންސިލްތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި ވިލުންތެރި މުޖުތަމައުތަކަކަށް ހެދުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން