ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތަށް ގެއްލުންދިން މީހާ ފުލުހުން ދެނެގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތަށް ގެއްލުންދިން މީހާ ފުލުހުން ދެނެގަނެފި

ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މި ހިނގާ މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 03:47 އެހައިކަންހާއިރުއެވެ. މި އަމަލުގެ ސަބަބުން މިސްކިތުގެ މާއްދީ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ، މިސްކިތަށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވުނު ނަމަވެސް، މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން މިސްކިތުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއީ ދީނީ ބިނާތަކަށް ދޭ މިފަދަ ގެއްލުންތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން