ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ސްޕީޑް ބޯޓު" ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ސްޕީޑް ބޯޓު" ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި

ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ސްޕީޑް ބޯޓު" ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާއަށް ކަނޑައެޅުނު އަގުހުރި އިނާމު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާއަކީ ކ. މާލެއަށް ނިސްބަތްވާ މުޙައްމަދު ޔޫސުފްއެވެ.

ނަސީބުވެރިޔާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 1.1 މިލިޔަން ރުފިޔާގެ އަގުހުރި އަލް ޝާލީ މެރިންގެ ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ބޯޓަކީ ކަނޑުދަތުރުފަތުރަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޒަމާނީ ބޯޓެކެވެ.

މި ސްޕީޑްބޯޓުގައި ހަރުކޮށްފައިވަނީ ބާރުގަދަ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެކެވެ. މިއީ ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް ޕްރޮމޯޝަނެވެ.

މި ޕްރޮމޯޝަންގެ ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމުގެ ގޮތުން، މުޅި ޕްރޮމޯޝަންގެ ކަންކަން ކުރިއަށްދިޔަ ގޮތް އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއިން ވަނީ ބަލައި އޮޑިޓްކޮށްފައެވެ.

މިއަދު އޮންލައިން