ކިތަންމެ ދީންވެރި ފިރިޔަކަސް އޭނާގެ ކިބައިގަ އަނބިދަރިންނަށް ދޭންޖެހޭ އޯގާތެރިކަމާ ރަހުމް ނެތްނަމަ، އެކައިވެންޏަކީ ރޫހެއް ނެތް ބިނާއެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 1މ 19ސ
ކިތަންމެ ދީންވެރި ފިރިޔަކަސް އޭނާގެ ކިބައިގަ އަނބިދަރިންނަށް ދޭންޖެހޭ އޯގާތެރިކަމާ ރަހުމް ނެތްނަމަ، އެކައިވެންޏަކީ ރޫހެއް ނެތް ބިނާއެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ  

ފިރިމީހާއަކީ ކިތަންމެ ދީންވެރި މީހަކަށް ވީނަމަވެސް، އޭނާގެ ކިބައިގައި އަނބިދަރިންނަށް ދޭންޖެހޭ އޯގާތެރިކަމާއި ރަހުމް ނެތްނަމަ، އެ ކައިވެންޏަކީ ރޫހެއް ނެތް ބިނާއެކެވެ. ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ ސީރަތަށް ބަލައިލަމާ ހިނގާށެވެ. އެކަލޭގެފާނު ޚަދީޖަތުގެފާނު ދެކެވާ ލޯބި، އެކަމަނާ އަވަހާރަވި ފަހުންވެސް ދެމިއޮތެވެ. އައިޝަތުގެފާނު ވިދާޅުވާ ގޮތުގައި، ޚަދީޖަތުގެފާނު ދެކެވަޑައިނުގަތް ނަމަވެސް، ރަސޫލާ صلى الله عليه وسلم އެކަމަނާގެ މަތިވެރި ސިފަތައް ބަޔާންކުރައްވައި ތައުރީފު ކުރައްވައެވެ. ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅަކާ މެދު އެފަދަ މަތިވެރި ލޯތްބެއް ބެހެއްޓެވި ނަމަ، އެކަމަނާ ދުނިޔޭގައި ހުންނެވިއިރު އެކަލޭގެފާނު ބެހެއްޓެވި އޯގާތެރިކަން ހިތަށް އަރުވައިބަލާށެވެ. 

ލޯބިވެތި ފިރިންނޭވެ! ތިޔަބޭފުޅުންގެ އަނބިމީހާގެ ކިބައިގައި އޮތް ލޯބި އެންމެ ފަހުން ފާޅުކުރީ ކޮން އިރަކު ހެއްޔެވެ؟ ހިތްހަމަޖެހޭ ފަދަ ލޯބިވެތި ބަހެއް ބުނެލުމަކީ ނުވަތަ މެސެޖެއް ކޮށްލުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ދެކިގެން ނުވާނެއެވެ. އަނބިމީހާ ކުރާ ބުރަ މަސައްކަތަށާއި، އޭނާގެ ރީތިކަމަށް ތައުރީފު ކުރުމަކީ ކައިވެނީގެ ގުޅުން ބަދަހިކޮށްދޭނެ ކަމެކެވެ. ރަސޫލާ صلى الله عليه وسلم، ގެ މަތިވެރި ނަމޫނާއިން އަޅުގަނޑުމެން އިބުރަތް ހާސިލުކުރަންޖެހެއެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން  

- މިއަދުނޫސް

                

މިއަދު އޮންލައިން