ކޮންމެ ކަމެއް ކުރިމަތިވިޔަސް މިކަންކަން ޤަބޫލުކުރާ މީހަކަށް މާޔޫސްނުވެ ހުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކޮންމެ ކަމެއް ކުރިމަތިވިޔަސް މިކަންކަން ޤަބޫލުކުރާ މީހަކަށް މާޔޫސްނުވެ ހުރެވޭނެ! އިން ޝާ ﷲ

ދުނިޔެއަކީ މުޞީބާތްތަކުން ފުރިގެންވާ ތަނެކެވެ.

ނަމަވެސް ކުރިމަތިކުރައްވަވާ އެއްވެސް މުޞީބާތަކީ ތިމާގެ ނިމުން ކަމުގައި ނުދެކޭށެވެ! އުންމީދުކުރަންވާނީ މުޞީބާތްތަކުން ތިމާ ސަލާމަތްކުރައްވަވާނެ ކަމަށެވެ. ދުޢާކުރަންވާނީ ވެސް މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. މުޞީބާތް ކުރިމަތި ނުކުރެއްވެވުން އެދިއެވެ.

ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެ ދުޢާ ކުރަމުން ދަނިކޮށް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އޮތީ އެއީ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށްދެކެ އެކަން ބަލައިގަތުމެވެ.   

ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ވިސްނާށެވެ! މިސާލަކަށް ބުނާ ނަމަ ޢިމާރާތެއްގައި އަލިފާން ރޯވެ އަނދައިގެންދާއިރު އެތައް ބައަކު މަރުވި ނަމަވެސް ސަލާމަތްކުރައްވަވަންހުރި އަޅަކު ސަލާމަތްކުރައްވަވައެވެ. ޢިމާރާތެއް ވެއްޓޭތާ އެތައް ދުވަހެއް ފަހުން އިމާރާތުގެ ފާރުތަކުގެ ދަށުން ދިރިތިއްބައި އެބަ ސަލާމަތްކުރެވެއެވެ. އުޅަނދުފަހަރު ފެތި އެތައް ބައަކު ކަނޑުވެ މަރުވާއިރު އެތައް ބައަކު ސަލާމަތްވެސް އެބަ ކުރައްވަވައެވެ.  

މިފަދަ ކޮންމެ ކަމަކުންވެސް އެނގިގެންދަނީ ﷲ ތަޢާލާ ސަލާމަތްކުރައްވަވަން އިރާދައިގައި ހުރި އަޅަކު ސަލާމަތްކުރައްވަވާނެ ކަމެވެ. ޙިމާޔަތް ކުރައްވަވާނެ ކަމެވެ.   

މުސްލިމުންގެ ގޮތަކަށްވާން ޖެހޭނީ މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ ކެތްތެރިވާން މަސައްކަތްކުރުމެވެ. އެހެނީ މުޞީބާތަށް ކެތްތެރިވުމަކީ ވެސް ޖިހާދެކެވެ. އެ ޖިހާދު ފުރިހަމަ ގޮތުގައި ކުރެވިއްޖެ ނަމަ ފައިދާ ކުރާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން