ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވޭ! ތައުބާވުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެކަން މިއޮތީ އެނގޭށެވެ!

ކިޔުމަށް ހޭދަވާނީ 5މ 8ސ
ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވޭ! ތައުބާވުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެކަން މިއޮތީ އެނގޭށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

(إذَا أَذْنَبَ عَبْدٌ ذَنْبًا فَقَالَ : أَيْ رَبِّ أَذْنَبْت ذَنْبًا فَاغْفِرْ لِي فَقَالَ : عَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ قَدْ غَفَرْت لِعَبْدِي ثُمَّ أَذْنَبَ ذَنْبًا آخَرَ فَقَالَ أَيْ رَبِّ أَذْنَبْت ذَنْبًا آخَرَ. فَاغْفِرْهُ لِي فَقَالَ رَبُّهُ : عَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ قَدْ غَفَرْت لِعَبْدِي فَلْيَفْعَلْ مَا شَاءَ قَالَ ذَلِكَ : فِي الثَّالِثَةِ أَوْ الرَّابِعَةِ) 

މާނައި: "އަޅާއަށް ފާފައެއް ކުރެވުމަށްފަހުގައި ބުނެ އެވެ. މިއަޅާގެ ރައްބު އެވެ. އަޅާއަށް ފާފައެއް ކުރެއްވިއްޖެ އެވެ. ފަހެ މިއަޅާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. ފަހެ، ﷲ ވަޙީކުރައްވާނެ އެވެ. ތިމަންއިލާހުގެ އަޅާއަށް ފާފަފުއްސަވާދެއްވާ ރައްބެއް ވާކަން ދަނެއެވެ. އަދި އެފާފާ ތިމަން އިލާހުގެ އަޅާއަށް ފުއްސަވާ ދެއްވައިފީމެވެ. އެއަށްފަހު އެހެން ފާފައަކަށް އަރައިގަނެ އެވެ. އަދި ބުނެ އެވެ. އަޅާގެ ރައްބު އެވެ. އެހެން ފާފައަކަށް އަރައިގެންފީމެވެ. މިއަޅާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. ފަހެ ﷲ ވަޙީކުރައްވާނެ އެވެ. ތިމަންއިލާހުގެ އަޅާއަށް، ފާފަ ފުއްސަވައިދެއްވާ ރައްބުއެއް ވާކަން ދަނެ އެވެ. ތިމަންއިލާހުގެ އަޅާއަށް ފާފަ ފުއްސަވައި ދެއްވައިފީމެވެ. ފަހެ، އެގޮތުގައި އަޅާ ފާފަ ކުރުމުން، ތިންވަނަ ފަހަރު ނުވަތަ ހަތަރުވަނަ ފަހަރުވެސް އެފަދައިން ވެ އެވެ."

އިންސާނުންނަކީ ފާފަ ކުރެވޭނެ ބައެކެވެ. އެހެންކަމުން ފާފައެއް ކުރެވޭހިނދު އެކަމަށް ތައުބާވެ ﷲ ގެ ޙަޟްރަތައް ރުޖޫޢަވުމަކީ މުއުމިނުންގެ ސިފައެކެވެ. 

ﷲ ތަޢާލާ ނޫޙް ސޫރަތުގެ ނޫޙް ސޫރަތުގެ 10، 11، 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.   

﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا﴾ ﴿يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا﴾ ﴿وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا﴾

މާނައީ: "ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. (އެރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފުނުއްވާނެތެވެ.އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ." 

މި ޙަދީޘުން ލިބޭ ފައިދާތައް:

·      ﷲ ތަޢާލާގެ ރަޙްމަތުގެ ބޮޑުކަމާއި، އިންސާނާ ފާފައެއް ކުރި ނަމަވެސް ތައުބާވެއްޖެނަމަ ފާފަ ފުއްސަވާނެކަން

·      މުއުމިނުން ފާފައެއް ކުރެވިއްޖެނަމަ ބިރުވެތިވެ ﷲ ގެ ޙަޟްރަތައް ތައުބާވުމަށް އަވަސްވެގަނެ

·      ރަނގަޅު ތައުބާގެ ޝަރުޠުތަކަކީ: ކުށް ޤަބޫލުކުރުމާއި، އެކުށަށް ހިތާމަކޮށް، އެކުށަށް ދެވަނަ ފަހަރަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުމާއި، މީހެއްގެ ޙައްޤަކާއި ގުޅިފައިވާ ކަމެއް ނަމަ އެމީހެއްގެ ޙައްޤު އަދާކޮށްދިނުން

މިއަދު އޮންލައިން