ދިރިއުޅުމުގަ ހިތާމަކުރަންޖެހޭ ގިނަ މީހުންނަކީ ހުވަފެނެއްގަ ތިބެގެން ދިރިއުޅޭ މީހުން! ތިބާގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ދިރިއުޅުމުގަ ހިތާމަކުރަންޖެހޭ ގިނަ މީހުންނަކީ ހުވަފެނެއްގަ ތިބެގެން ދިރިއުޅޭ މީހުން! ތިބާގެ ޙާލަކީ ކޮބާ؟

ޢާންމު ގޮތެއްގައި އެންމެންހެން ކައިވެނިކުރާނީ އުފަލުގައި ދިރިއުޅެވޭނެކަމުގެ އުންމީދުތަކަކާއެކުގައެވެ. ނަމަވެސް އެކަން ޙާޞިލުކުރެވެނީ ވަރަށް މަދު ބައަކަށެވެ. ކުޑަ ދުވަސްކޮޅަކަށްފަހު އުޅެންޖެހިފައި އޮންނަނީ ކުރި އުންމީދުތަކާއި ދިމާ އިދިކޮޅަށެވެ.  

އެޙާލަތުގައި ގިނަ ބައަކު އުންމީދުކުރަނީ މާދަމާ ކަންތައްތައް ރަނގަޅުވާނެ ކަމަށެވެ. އެހެންވެ ހުރިހާ ކަމަކަށް ކެތްތެރިވާން މަސައްކަތްކުރެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ކަންކަން ނުބައިން ނުބައަށް ބަދަލުވެ، އެއްވެސް ކަމެއް ރަނގަޅުވަމުން ނުދާނަމަ މާދަމާ ކަންކަން ރަނގަޅުވާނެކަމަށް އުންމީދުކޮށްގެން އުޅުމަކީ ހުވަފެނެއްގައި ދިރިއުޅުމެވެ.  

ހޭލާށެވެ! ހުވަފެން ބެލުން ހުއްޓައިލާށެވެ! ކަންކަމަށް ހެޔޮ ބަދަލު ނުއަންނަނަމަ ހުވަފެން ބަލަން ޙަޔާތުގެ ދުވަސްތައް ބޭކާރުކޮށްނުލާށެވެ! ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އެއީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން