ކަންބޮޑުވާންޖެހޭ ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް ކުށް ޤަބޫލުކޮށް ތައުބާވެ، ﷲ ތަޢާލާ މަތިވެރިކުރުމުން އެމީހެއްގެ ޙާޖަތް ފުއްދަވައި ދެއްވަވާނެކަން ޔަޤީން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ކަންބޮޑުވާންޖެހޭ ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް ކުށް ޤަބޫލުކޮށް ތައުބާވެ، ﷲ ތަޢާލާ މަތިވެރިކުރުމުން އެމީހެއްގެ ޙާޖަތް ފުއްދަވައި ދެއްވަވާނެކަން ޔަޤީން! އިން ޝާ ﷲ

އެ ބޮޑުމަސް ޔޫނުސްގެފާނު ދިރުވައިލިއެވެ. އަދި ކަނޑުގެ އެތައް ހިސާބަކަށް އެ ބޮޑުމަސް ދަތުރުކުރިއެވެ. ފުންމިން ނުއެނގޭ ހިސާބަށް އަޑިއަށް ދިއައެވެ. ޔޫނުސްގެފާނު ބޮޑުމަހުގެ ބަނޑުގައި އޮންނެވީ ފަރިއްކުޅުއްވަވާނެ އެއްޗެއް ލިބިވަޑައިނުގަންނަވާތަނުގައި އިރުގެ އަލިކަންވެސް ލިބިވަޑައިނުގެން ކަނުއަނދިރީގައެވެ.   

އެވާހަކައާ ކުރެއްވެވި ދުޢާއާއި އެދުޢާ ޢިޖާބަކުރެއްވެވިކަން އަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ‎﴿٨٧﴾‏ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ‎﴿٨٨﴾‏ 

މާނައީ: އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (87) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ. (88)" 

ދެން ﷲ ތަޢާލާ ޔޫނުސްގެފާނުގެ ދުޢާ އިޖާބަ ކުރައްވާ ބޮޑުމަހުގެ ބަނޑުން ސަލާމަތް ކުރެއްވެވިއެވެ. ދުޢާގެ މާނައަށް ބަލާށެވެ! " އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ.، އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."  

ފުރަތަމަ އެވަނީ ﷲ ތަޢާލާ މަތިވެރިކުރައްވަވައިފައެވެ. ދެން އެއޮތީ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެންފައެވެ. "އަނިޔާވެރިންގެ ތެރެއިން މިއަޅާވީމެވެ!" ވިދާޅުވެފައި އެވަނީ މީހަކަށް އަނިޔާއެއް ކުރެއްވެވީތީއެއް ނޫނެވެ. އަމިއްލަ ނަފުސަށް އަނިޔާވެރިވެވަޑައިގެންނެވުނު ވާހަކައެވެ. އެއީ ކުރެއްވެވުނު ކުށުގެ ވާހަކަ ބަޔާންކުރެއްވެވުމެވެ.

އަހުރެމެންނަށްވެސް ޢަމަލުކުރަން އޮތީ މިގޮތެވެ. ކޮންމެ ފަދަ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާ މަތިވެރިކުރާށެވެ! ތައުބާވާށެވެ! އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން