ނަމާދުކުރުމުން ކުރާނެ ފައިދާއަކީ ހަމައެކަނި ޘަވާބުލިބުމެއް ނޫން! ތިމާ އެދޭ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނަމާދުކުރުމުން ކުރާނެ ފައިދާއަކީ ހަމައެކަނި ޘަވާބުލިބުމެއް ނޫން! ތިމާ އެދޭ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ.  

"އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (އަލްބަޤަރާ: 45)  

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ!" ﷲ ގެ މި ވަޙީ ބަސްފުޅަކީ ވަކިމީހަކަށް ނުވަތަ ވަކިޙާލަތަކަށް ޚާއްޞަވެގެންވާ ބަސްފުޅެއް ނޫނެވެ! މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އޮތީ މި ވަޙީ ބަސްފުޅުގައިވާ ފަދައިން ކެތްތެރިވުމާއި ނަމާދުން ވާގި ހޯދުމެވެ. ނަމާދުން ވާގިހޯދުމަކީ ނަމާދުކުރުމެވެ. ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކުމެވެ.  

ދެން ބަލައިލަންވީ ފަރުޟު 5 ނަމާދު ފުރިހައަމަށް އަދާ ނުކުރެވޭ ސަބަބަށެވެ. އެ ސަބަބުވެސް ހަމަ މިއާޔަތުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. "ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" 

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ މީހުންނަށް ފަރުޟު 5 ނަމާދުކުރުމަކީ އެއްވެސް ބުރަކަމަކަށް ނުވާނެއެވެ. 5 ކީއްކުރަން ހެއްޔެވެ؟ 10 ވީނަމަވެސް ބުރައެއް ނުވާނެއެވެ. އެކަމުގެ ހެއްކަކީ ފަރުޟު 5 ނަމާދާއި ރަވާތިބު ސުންނަތްތަކާއި ރަވާތިބު ސުންނަތް ކަމުގައި ނުހިމެނޭ އިތުރު ސުންނަތްތަކާއި ވިތުރި އާއި ދަމު ނަމާދާއި އަދި ޟުޙާ ނަމާދު ޢާންމުކޮށް ކުރަމުން ގެންދާ އެތައް ބައަކު އެބަ ތިބި ކަމެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން