މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީގެ މަޤާމުން އަޚްމަދު ނިޔާޒު ވަކިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީގެ މަޤާމުން އަޚްމަދު ނިޔާޒު ވަކިކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޚްމަދު ނިޔާޒު އެ މަޤާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މިއަދު ވަކިކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، ނިޔާޒު މަޤާމުން ވަކިކުރަން ނިންމައި އެކަން ވަނީ މިއަދުން ފެށިގެން ތަންފީޒުކޮށްފައެވެ.

އަޚްމަދު ނިޔާޒު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މިއަދު އޮންލައިން