އަހުރެންގެ މިވާހަކަކޮޅު ޚާއްޞަ މިކުރަނީ ހިތްދަތިކަން ބޮޑުވެ ރޭގައި ހަމަނިދިނުލިބުނު އަންހެނުންނަށެވެ. ނިދިނުލިބުމާއިއެކުގައިވެސް ރޭއަޅުކަންކުރުމުގެ އިތުރަށް ފަތިސްނަމާދުން ދުވަސްފެށި އަންހެނުންނަށެވެ.
އުޚުތާއެވެ! ތިބާގެ ހިތުގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ރޭގައި އުޅެންޖެހުނު ޙާލުވެސް ދެނެވޮޑިގެންވެއެވެ. އެހެންކަމާއިއެކުގައިވެސް އަދި މިއަދުވެސް ތިބާގެ ހިތަށް ފަރުވާއެއް ނުލިބިދާނެއެވެ.
އެއީ އެއްވެސް ޙާލެއްގައި ތިބާ އަބަދު ހިތްދަތިކަންމަތީގައި ބެހެއްޓެވުމަކަށް ނޫނެވެ. ތިބާގެ ހިތަށް އުފާވެރިކަން ދޭނެ، ތިބާދެކެ ޙަޤީޤީ ބައިވެރިޔާއާއި ބައްދަލުކޮށް ދެއްވެވުމަށެވެ. ވީމާ މާޔޫސްނުވެ ތިބާ ތިގޮތުގައި ދެމހުންނާށެވެ! މިބުނި ފަދަ ބައިވެރިޔާ ތިބާގެ ގާތަށް ފޮނުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް