ކިރިޔާ ކަމެއް މެދުވެރިވާއިރަށް ނަމާދުނުކޮށްތިބޭ މީހުންނަށް ނުވިސްނޭ އެންމެ ބޮޑު ކަންތައް! ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކިރިޔާ ކަމެއް މެދުވެރިވާއިރަށް ނަމާދުނުކޮށްތިބޭ މީހުންނަށް ނުވިސްނޭ އެންމެ ބޮޑު ކަންތައް! ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅު!

ކޮންމެ ޙާލެއްގައިވެސް ނަމާދުކުރާށެވެ! ހަށީގައި ހޭހުރެ ނަމާދެއް ދޫކޮށްނުލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އުޅުއްވެވިއިރު ޙާލުކޮޅު ބޮޑުވެ ހޭފުޅު ނެތިވަޑައިގަންނަވަމުން ދިއައިރު ވެސް ނަމާދުކުރައްވަވަން ބޭނުންފުޅުވެވަޑައިގެންނެވިވަރުން އެހެން މީހުން ލައްވައި ހަށިކޮޅަށް ފެންފޮދު އަޅުއްވަވައިގެން ވެސް ނަމާދު ކުރައްވަވަން ކުރެއްވެވި މަސައްކަތްޕުޅު ހިތަށް ގެންނާށެވެ! ދެ ޞަޙާބީންގެ ކޮނޑުފުޅުގައި އެލިވަޑައިގެން އޮންނަވައިގެންވެސް މިސްކިތްކޮޅަށް ވަޑައިގަންނަވަން ކުރެއްވެވި މަސައްކަތްޕުޅު ހަނދާނަށް ގެންނާށެވެ! 

މިކަންކަމަކީ ނަމާދުކުރުމާއި ނަމާދަށް މިސްކިތަށް ދިއުމުގެ މުހިންމުކަން އުންމަތަށް ބަޔާންކޮށްދެއްވެވުމަށް ކުރެއްވެވި ކަންކަން ކަމުގައި އަހުރެން ދެކެމެވެ.  

ކަންމިހެން އޮތްއިރު ދިމާވާ ކޮންމެވެސް ކަމެއް ބަހަނާއަކަށް ދައްކައި ނަމާދު އަޅާ މީހާ ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ދެއްކެން އޮންނާނީ ކޮން ޢުޒުރެއް ހެއްޔެވެ؟  

"އީމާންވުމަށްފަހު އެންމެ މުހިންމު ކަމަކީ ފަރުޟު 5 ނަމާދު އަދާކޮށް ތިމާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއްކަން ޢަމަލުން ދެއްކުމެވެ. އެކަން ބަޔާން ކުރައްވައި ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަން ކަލޭގެފާނު ޤަބޫލުފުޅު ކުރައްވަވާ ގޮތުގައި އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ފަރުޟު 5 ނަމާދުކުރާ މީހާ އޭނާގެ އީމާންކަން ހިމާޔަތްކޮށް ނަގަހައްޓައިފިއެވެ. އަދި ނަމާދަށް ފަރުވާކުޑަކުރާ މީހާ އީމާންކަމުގެ އެހެން ބައިތަކަށް ފަރުވާ ކުޑަކުރާނެ ކަމަށް ޤަބޫލުފުޅު ކުރެއްވެވެއެވެ." 

ޙަޤީޤަތަކީ މިއީއެވެ. މީހާގެ އިސްލާމްކަމުގެ މައި ތަނބަކީ ނަމާދެވެ. ނަމާދު ފުރިހަމައަށް އަދާކުރުމުން އެ މުގުރައިލަނީ އެމީހާގެ އީމާންކަމާއި އިސްލާމްކަމެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުގައި ވަނީ ނަމާދު އަޅައިފުން ކަމަށް އޮތުމުން މިބުނި ބަހަށް ދަލީލު ލިބިގެންދެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުޠުންނޭވެ! އާޚިރަތް ދުވަހު ސަލާމަތްކަން އެދޭނަމަ ނަމާދަށް ފަރުވާކުޑަނުކުރާށެވެ! ފަރުވާކުޑަކުރެވެން ނެތް ސަބަބުތައް މިކިޔައިދިނީއެވެ. އެމީހާގެ ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން