ތިބާ ތިއައުޅެނީ މިފަދަ އެކުވެރިންނާ އެކުގައިތަ؟: އެކުވެރިޔާ މަރުވުމުން އޭނާގެ ދެދަރިންނާ އަނބިމީހާ ބަލައިދީ ސުވަރުގެއިން އެންމެ މަތީ ދަރަޖަ ލިބިގަތް ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތިބާ ތިއައުޅެނީ މިފަދަ އެކުވެރިންނާ އެކުގައިތަ؟: އެކުވެރިޔާ މަރުވުމުން އޭނާގެ ދެދަރިންނާ އަނބިމީހާ ބަލައިދީ ސުވަރުގެއިން އެންމެ މަތީ ދަރަޖަ ލިބިގަތް ޒުވާނެއްގެ ވާހަކަ-

އެއީ ވަރަށް ގާތް 2 އެކުވެރިންނެވެ. ދެމީހުންގެ އިތުރަށް ދެމީހުންގެ އަނބިންގެ މެދުގައިވެސް ގާތްކަން އޮވެއެވެ. ކުއްލިއަކަށް އެކަކަށް ދިމާވިކަމަކާއި ގުޅިގެން ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓްތައް ހަދާފައި ބުނީ ވަރަށް ސީރިޔަސް ކަމަށާއި މާގިނަ ދުވަހަކު ދުނިޔޭގައި ނުހުރެވިދާނެ ކަމަށެވެ. 

އެހެން ބުނުމުން އޭނާ ބުނީ މަރުވެދާނެތީ ކަންބޮޑުނުވާ ކަމަށެވެ. ކަންބޮޑުވަނީ އަނބިމީހާއަށާއި 2 ދަރިންނަށް ލިބިދާނެ ނިކަމެތިކަމަކަށް ކަމަށެވެ. އެވަޤުތު އެކުވެރިޔާ ބުނިބަސް ފާހަގަކޮށްލާނަމެވެ.

"އެކުވެރިޔާއެވެ! ޑޮކްޓަރުން އެހެން ބުނިނަމަވެސް މަރުވާނީ ޢުމުރުހަމަވުމުންނެވެ. ޢުމުރުހަމަވުމުން ހިނދުކޮޅަކަށްވެސް ހަމައެކަކަށްވެސް ދުނިޔެއަކު ނުހުރެވޭނެއެވެ. ވީމާ އެކުވެރިޔާގެ ޖަވާބު ވަރަށް ފުރިހަމައެވެ.  

އެކުވެރިޔާއެވެ! އަހުރެން މިހުރީ ބޭސްފަރުވާއަށް އެހީތެރިވާށެވެ! މިއަދު ކޮށްދެވޭނީ އެކަމެވެ. ދެން ތިއަބުނި ކަންތަކަށް ނުވިސްނާށެވެ! އެކުވެރިޔާގެ އަނބިމީހާއާއި ދެދަރިންގެ ކަންކަން ބަލަހައްޓާނަމެވެ. އަހުރެންގެ އަނބިދަރިން ފަދައިން ބަލަހައްޓާނަމެވެ. ވީމާ އެކަމަށް ނުވެސް ވިސްނާށެވެ!" 

އޭނާއަށް ޝިފާ ލިބުނެވެ. ބަލިން އަރައިގަނެވުނެވެ. ކަންތައް ދިމާވީ އިދިކޮޅަށެވެ. އެކްސިޑެންޓެއްވެ ކުރިން މަރުވީ އެކުވެރިޔާއެވެ. އޭނާގެ އަނބިދަރިން ބަލަހައްޓައިދޭނެކަމަށް ވަޢުދުވި އެކުވެރިޔާއެވެ.  

އޭނާ ނިންމީ އެކުވެރިޔާ އެދުވަހުވީ ވަޢުދު އޭނާ ފުއްދާށެވެ. އެއީ އެކުވެރިޔާގެ އަނބިމީހާއާއި 2 ދަރިންގެ ކަންކަން ބަލަހައްޓައިދިނުމެވެ. އެކަން އޭނާއަށް ވެވުނުހައި ރަނގަޅަކަށް ކުރިއެވެ.  

މިވާހަކަ މިކިޔައިދިނީ ވަރަށް މުހިންމު ބޭނުމަކުއެވެ. އެއީ ޙަޤީޤީ އެކުވެރިކަމަކީ ކޮބައިކަން ހާމަކުރުމެވެ. އެއީ އެކުގައި ކޮފީބޮޔެ މަޖާކުރުން ނޫންކަމާއި އަނެކާއަށް ޖެހޭ ކަންކަމުގައި އެހީތެރިވެދިނުންކަން ހާމަކުރުމެވެ.  

އެއެކުވެރިޔާ އެލިބިގަތީ ހެޔޮކަމުގައި އެންމެ މަތީ ދަރަޖައެވެ. ޔަތީމްވި ދެކުދިންނާއި ހުވަފަތްވި އަންހެނަކު ބަލައިދިނީއެވެ. އެކަމުގެ ދަރަޖައަކީ ނުވަތަ ދެއްވަވާނެ ނިޢުމަތަކީ ސުވަރުގޭގެ އެންމެ މަތީދަރަޖައެވެ. ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވެވުމެވެ. އެއަށްވުރެ ބޮޑު ފައިދާއަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން