ކާބަފައިން ކުރި ކަންކަމުގެ ތެރެއިން އިސްލާމްދީނުގައި ޙަރާމްކަމެއް ކުރުމަކީ ކުރެވޭ ފާފައެއް! ޢަޛާބް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ކާބަފައިން ކުރި ކަންކަމުގެ ތެރެއިން އިސްލާމްދީނުގައި ޙަރާމްކަމެއް ކުރުމަކީ ކުރެވޭ ފާފައެއް! ޢަޛާބް ދެއްވަވާނެ!

އުފާވެރިކަމެއް ލިބުމުންނަމަވެސް އަދި ޢީދެއްގައި ނަމަވެސް ކުރަންއޮތީ ކާބަފައިން ކުރި ކަންކަމުގެ ތެރެއިން މުސްލިމުންނަށް ކުރުން ހުއްދަ ކަންކަމެވެ. ހުއްދަ ނޫން ކަމެއް ކުރެވިއްޖެނަމަ އެކުރެވެނީ ފާފައެކެވެ. ކާބަފައިން ކުރީތީ ޙުކުމަކަށް ބަދަލެއް ނުއަންނާނެތެވެ.  

ވިސްނައިލުން މުހިންމު ލިޔުމެއް!: 

ސުވާލު: ކާބަފައިންގެ ޘަގާފީ ކުޅިވަރުތައް، ދަފިނަގައި، ތާރަޖަހައި، ބޮޑުބެރުޖަހާ، ދިގުމަގުނަގައި، ފިރެހެނުން (ނުވަތަ) އަންހެނުން ނަށާ، (ނުވަތަ) ދެބައިމީހުން އެއްކޮށް ނަށައި ހެދުން ފަދަކަންކަމުގައި ބައިވެރިވުމުން، ތިމާއަށް [ކާބަފައިންގެ ގޮތް ދިރުވާއާލާކުރުމުން] ލިބޭނެ ޘަވާބެއް ނުވަތަ ލިބިދާނެ ޢަޒާބެއް އޮވެދާނެތޯ! އަދި އެއީ ކޮބައިތޯ؟--

ޖަވާބު: އާދަކާދާގައި ކުޅޭ ކުޅިވަރު ތަކުގެ ތެރެއިން، ކުޅިވަރެއް ޙަރާމްވަނީ އެ ޙަރާމްކަމުގެ މައްޗަށް އިސްލާމްދީނުގައި ޞައްޙަ ދަލީލު އޮންނަ ކުޅިވަރުތަކެވެ. އެއީ އަންނަނިވި ޤަވާޢިދުގައިވާ ފަދައިންނެވެ. 

الأصل في العادات الإباحة إلا ما ورد عن الشارع تحريمه އާދަކާދައިގެ އަޞްލަކީ ޝަރްޢުގައި ނަހީވެފައިވާ ކަމެއް ފިޔަވައި، ހުއްދަވުމެވެ. 

އެގޮތުން؛ 

-    އަންހެނުންނާއި ފިރިހެނުން މަސްހުނިކޮށް ކުޅޭ ކޮންމެ ކުޅިވަރަކީ އެއީ ޙަރާމްކުޅިވަރެކެވެ. އެއީ ދަފިނެގުން ކަމުގައިވިޔަސް ތާރަޖެހުން ކަމުގައިވިޔަސް ދިގުމަގު ނެގުން ކަމުގައިވިޔަސް މެއެވެ. އެއީ އަންހެނުންނާއި ފިރިހެނުން މަސްހުނިވުން ޙަރާމްކަމުގެ މައްޗަށް ޤުރްއާނާއި ސުންނަތުގައި އެތައް ދަލީލުތަކެއް އައިސްފައިވާތީއެވެ.

-    ބޮޑުބެރު ނުވަތަ ބެރު އޭގައި ހިމެނޭ ކޮންމެ ކުޅިވަރަކީ ޙަރާމް ކުޅިވަރެކެވެ. އެހެނީ ބެރަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުން އޭގެ ޙަރާމްކަމުގެ މައްޗަށް ދަލީލުލިބޭ އެއްޗެކެވެ.

عَنْ عَبْدِ اللهِ بْنِ عَمْرٍو أَنَّ نَبِيَّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الْـخَمْرِ وَالْـمَيْسِرِ وَالْـكُوبَةِ- رواه أبو داود 3685 وصححه الألباني في صحيح أبي داود –  

ޢަބްދުﷲ ބިން ޢަމްރޫ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "ހަމަކަށަވަރުން ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރާއާއި ޖުވާއާއި ބެރު ޙަރާމްކުރެއްވިއެވެ." 

ކާބަފައިން ކުރި ކަމެއް ކުރުމަކީ އޭގެޒާތުގައި ޢަޛާބު ލިބޭ ކަމެއް ނޫނެވެ. ކާބަފައިން ކުރި ކަންކަމުގެ ތެރެއިން އިސްލާމްދީނުގައި ޙަރާމްކަމެއް ކުރުމަކީ ޢަޛާބު ލިބޭނެކަމެކެވެ. އަދި އެފަދަ ކަމެއް އުވިފައިވަނިކޮށް އެ ދިރުވާ އާލާކުރުމުގެ ޙަރާމްކަން މާބޮޑުވެގެންވެއެވެ. ވަﷲ އަޢުލަމް.

 

- الشيخ محمد شافع

 

މިއަދު އޮންލައިން