ﷲ އަށްޓަކާ ނިކަމެތި ދެމައިންނަށް އެހީތެރިވި 30 އަހަރު ދޮށީ މީހަކުދެކެ ﷲ އަށްޓަކާ ލޯބިވެ ކައިވެނިކުރުމުން އުފަލުގައި އުޅެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ﷲ އަށްޓަކާ ނިކަމެތި ދެމައިންނަށް އެހީތެރިވި 30 އަހަރު ދޮށީ މީހަކުދެކެ ﷲ އަށްޓަކާ ލޯބިވެ ކައިވެނިކުރުމުން އުފަލުގައި އުޅެވުނު އަންހެނެއްގެ ވާހަކަ-

އެދެމަފިރިންނަށް ލިބުނީ އެންމެ އަންހެން ދަރިއެކެވެ. އެދަރިފުޅުގެ ޢުމުރުން 12 އަހަރުގައި ބައްޕަ ނިޔާވުމުން ދެމައިންނަށް އުޅެންޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ. އެޙާލަތު ކުރިމަތިވުމުން ދެމައިންނަށް އެހީތެރިވީ އަވަށްޓެރިއެކެވެ.  

އޭނާ ދެމައިންގެ ކަންކަން ކޮށްދިނެވެ. އަންހެން ކުއްޖާއަށް ހެޔޮކޮށްހިތައި ކިޔަވައިވެސް ދިނެވެ. ޔުނިވަރސިޓީން ނިމުނުތަނާ ފިރިހެން މީހާގެ އަނބިމީހާ ނިޔާވުމުން ކުދިންބަލައި އޭނާއަށް ޚިދުމަތްކުރަމުން އައީ އެދެމައިންނެވެ.  

އަނބިމީހާ ނިޔާވިތާ އެތައްދުވަހެއްވީއިރުވެސް އެމީހާ ވަރަށް ދެރަވެފައި ހުންނާތީ އަންހެން ކުއްޖާ ސުވާލުކުރުމުން އޭނާ ބުނީ އެދެމައިން ހުރިހާ ކަންކަން ކޮށްދިން ނަމަވެސް އޭނާއަށް އަންތބަކަށް ބޭނުންވާ ކަމަށެވެ. ނަމަވެސް މިޒަމާނުގައި ކައިވެނިކުރާތަނުން އޭނާގެ ދަރިންނަށް ލިބިދާނެ ދެރައަށް ވިސްނައި ކައިވެނިކުރަން ނުކެރިފައިހުރީ ކަމަށެވެ. ދެރަވެފައި ހުރެވެނީ އެހެންވެގެން ކަމަށެވެ.  

އަންހެންކުއްޖާ އެދުނީ އޭނާއާއި ކައިވެނިކުރުމަށެވެ. ދެރައެއް ނުދޭނެކަމުގެ ޔަޤީންކަންވެސް ދިނެވެ. "އަހުރެމެން ދެމައިންނަށް ގޮތެއް ނެތް ދުވަހު ތިބާ އަހުރެމެން ދެމައިން ބަލަހައްޓައިދީފީމުއެވެ. ދަރިއަކުފަދައިން ކިޔަވައިވެސް ދީފީމުއެވެ. ވީމާ މިއަދުގެ ޙާލަތުގައި ތިބާއަށް އެހީތެރިވުމަށް އެންމެ ޙައްޤުކަންބޮޑީ އަހުރެނމްނެވެ."  

ޢުމުރުން 30 އަހަރު ތަފާތުކަން އެތައް ފަހަރަކު ވިސްނައިދިނުމުންވެސް އަންހެންކުއްޖާގެ ވިސްނުން ބަދަލުނުކުރުމުން ކައިވެނިކުރީއެވެ. އޭނާ ނިޔާވީ ދެމަފިރިން ލޯބިން އެކުގައި އުޅޭތާ 20 އަހަރުފަހުންނެވެ. 2 އަހަރު ދުވަހު ވަރަށް ބަލިވެ އުޅެފައެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ އޭނާއަށް ޚިދުމަތްކުރީ ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމާއިއެކުގައެވެ.  

ފިރިމީހާ ނިޔާވުމުން އޭނާ ދެވަނަ ކައިވެނިކުރިއެވެ. ފިރިމީހާގެ ގާތުގައި ބުނެފައިވެއެވެ. "އެކުގައި އުޅުނުއިރު ޢުމުރުގެ ތަފާތުކަމަކަށް ނުވިސްނަމެވެ. ވިސްނީ އޭނާގެ ރަނގަޅު ކަމަށެވެ. އެހެންވެ އެއްގޮތަކަށްވެސް ދެރަވެގެން އުޅޭކަށް ނުޖެހެއެވެ. އޭނާ އަހުރެމެން ދެމައިންނަށް އެހީތެރިވީ ﷲ އަށްޓަކައެވެ. އަހުރެން ޢޭނާދެކެ ލޯބިވީ ﷲ އަށްޓަކައެވެ. އުފަލުގައި ހުރެވުމުގެ ސިއްރަކީ އެއީއެވެ-.

 

- މިއަދުނޫސް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން