ގޭގަ ކުރެވޭނެނަމަ ސުންނަތް ނަމާދުތައް ގޭގަކުރުމުން ކުރާ ފައިދާ މާބޮޑުވާނެ! ދެއްވަވާ ޘަވާބު މާގިނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގޭގަ ކުރެވޭނެނަމަ ސުންނަތް ނަމާދުތައް ގޭގަކުރުމުން ކުރާ ފައިދާ މާބޮޑުވާނެ! ދެއްވަވާ ޘަވާބު މާގިނަވާނެ!

ގެދޮރުގެ ދަތިކަން ހުންނަގޮތުން ކޮންމެ ނަމާދަކަށްފަހު ރަވާތިބު ސުންނަތް ގޭގައި ނުކުރެވިދާނެއެވެ. އެޙާލަތުގައި މިސްކިތުގައި ކުރާށެވެ. ނަމަވެސް ގޭގައި ކުރެވޭނެނަމަ ގޭގައި ކުރާށެވެ. ސަބަބު މިއޮތީ ފެންނާށެވެ!

ޒައިދް ބިން ޘާބިތުގެ އަރިއަހުން އިމާމް ތިރްމިޛީ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ! "ފަރުޟް ނަމާދުތައް ފިޔަވައި އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ގޭގައި ކުރާ ނަމާދެވެ!"  

މި ޙަދީޘްފުޅުން އެނގެން މިއޮތީ ސުންނަތް ނަމާދުތައް ގޭގައި ކުރުމުގެ މަތިވެރިކަމެވެ. ވީމާ ގޭގައި ނަމާދުކުރުމުގެ ފުރުޞަތު އޮތް ނަމަ ގޭގައި ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރާ އަޅުކަމަށް ވީހައި ގިނަ ޘަވާބު ލިބުމެވެ. ވީމާ އެންމެ ގިނަ ޘަވާބު ލިބެން އޮތް މަގު ދޫކޮށް ނުލާށެވެ!  

މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ އަގު ހުރި ބިނާތަކެވެ. އެންމެ މުޤައްދިސް ބިނާތަކެވެ. އެހެންކަމާއިއެކުގައިވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްފުޅު ކުރެއްވެވުމުން އަހަރެމެންނަށް އޮތީ ޙަދީޘްފުޅަށް ޢަމަލުކުރުމެވެ.  

ގޭގައި ސުންނަތް ނަމާދުތައް ކުރުމުގެ މުހިންމުކަމާއިމެދު ވަރަށް ގިނަ ވާހަކަތައް ދެއްކެއެވެ. އެއީ ހަމަ ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. ގިނަ ބައަކު ދަމުނަމާދުކުރަންވެސް މިސްކިތަށް ދާން ބޭނުންވާތީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ބަޔާންކުރުމަށެވެ. ދަމުނަމާދު ފަދަ ސުންނަތް ނަމާދުތައް ކުރަން މިސްކިތަށް ދިއުން އޮތީ ގޭގައި ކުރެވެން ނެތުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން