ތިބާގެ ރިޒްޤު، ތިބާގެ އާމްދަނީ، ތިބާގެ ދިރިއުޅުމުގެ ފެންވަރު ދަށްވާ 10 ސަބަބެއް!: ޝައިޚް ބިލާލް އައްސަދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ތިބާގެ ރިޒްޤު، ތިބާގެ އާމްދަނީ، ތިބާގެ ދިރިއުޅުމުގެ ފެންވަރު ދަށްވާ 10 ސަބަބެއް!: ޝައިޚް ބިލާލް އައްސަދް

ކޮންމެ މީހަކުވެސް ތަނަވަސްކަމަށް ބޭނުންވާނެއެވެ.

ދިރިއުޅުމުގެ ފެންވަރު މަތިވާން ބޭނުންވާނެއެވެ. ވީމާ އެކަންކަމަށް އެދިގެން މަސައްކަތްކުރާއިރު އެކަންކަމަށް ހުރި ހުރަސްތަކަށް ސަމާލުކަންދީ އެހުރަސްތައް ނައްތާލަން މަސައްކަތްކުރަންވާނެއެވެ. މިކިޔައިދެނީ ހުރަސްތައް ކުރިމަތިވާ ސަބަބުތަކުގެ ތެރެއިން 10 ކަމެކެވެ.  

1.    ކަންނެތް ކަމާއި އެހެން މީހުންނަށް ބަރޯސާވުން:

ކަންނެތް ކަމުގެ ސަބަބުން އެހެން މީހުންނަށް ބަރޯސާވެގެން އުޅޭ މީހުންގެ ރިޒްޤު އަދި ދިރިއުޅުމުގެ ފެންވަރު ދަށް ވާނެއެވެ.  

2.    އިސްރާފު ކުރުން:

މާނައަކީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދު ކުރުމާއި، އިސްރާފު ކުރުމާއި އަދި ތަކެތި އެއްވެސް ހަމައެއް ލަމައެއް ނެތި ބޭނުންކުރުން. މިސާލަކަށް، ތިބާއީ ވަރަށް މުއްސަނދި، އަދި ގިނަ އެއްޗެހި ހޯދުމުގެ ފެންވަރު ހުރީތީވެ އެއްޗެހި ގަންނާށެވެ. އެހެނަސް ތިބާގެ އާމްދަނީ ކުޑަނަމަ، އަދި މުއްސަނދިން ގަންނަ ކޮންމެ އެއްޗެއް ތިބާ ގަންނަން ބޭނުންވާނަމަ އެއީ އިސްރާފެވެ. ތިބާގެ ފޯރުންތެރިކަން ނެތް މިންވަރުން ޚަރަދު ކުރެވެނީއެވެ. ފައިސާ އިސްރާފް ކުރުމަކީ ހަރާމް ކަންކަމަށް ފައިސާ ހޭދަ ކުރުމެވެ.  

ރަސޫލާ ޞައްލަﷲ ޢަލައިހި  ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ  (إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ) " ހަރާމް ކަންކަމަށް ފައިސާ ހޭދަކުރާ މީހުންނީ ޝައިޠާނާގެ އަހުލުވެރިންނެވެ."

ﷲ ވަޙީ ކުރައްވަނީ (إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ) " ހޭދަ ކުރުމުގައި އިސްރާފު ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ނުވެއެވެ."  

3.    ތަކުރާރު ކުރެވޭ ފާފަތައް:

މިކަމުގެ ސަބަބުންވެސް ތިބާގެ ރިޒްޤަށް އަދި ދިރިއުޅުމުގެ ފެންވަރަށް އަސަރު ކުރެއެވެ.

4.    މިންވަރަށް ޝުކުރު ނުކުރުން:

މީގެ ތެރޭގައި އެހެން މީހުންނަށް ޝުކުރު އަދާ ކުރުން ހިމެނެއެވެ.  

5.    ހޭދަ ކުރުމުގައި ދަހިވުން:

އަމިއްލަ ނަފްސަށް ހޭދަ ނުކުރުން، އާއިލާއަށް ހޭދަ ނުކުރުން، އެހެން މީހުންނަށް ހޭދަ ނުކުރުން. ކޮބައިތޯ ހޭދަ ނުކުރުމަކީ؟ އޭގެ މާނައަކީ ތިބާގެ އަމިއްލަށް ނަފްސަށް ކޮންމެހެން ބޭނުންވާ މިންވަރުވެސް ތިބާ ނުދިނުމެވެ. އަދި އާއިލާއަށްވެސް އެމީހުންނަށް ޙައްޤު މިންވަރު ނުދިނުމެވެ. އަދި ތިބާގެ މުދަލުން އެހެން މީހުންގެވެސް ޙައްޤު ތައް އެމީހުންނަށް ނުދިނުމެވެ. ޙައްޤު މިންވަރަށް ވުރެ އިތުރަށް ހޭދަ ކުރާ ކަމަށް ވާނަމަ އެއީ ތިބާގެ ދީލަތިކަން ކަމުގައި ބުނެވިދާނެއެވެ.  

މިސާލަކަށް ބަންދު ދުވަހެއްގައި ހޮޓަލަކަށް ނުގެންދިޔުން އެއީ އަދި ދަހި މީހެއް ކަމަކަށް ނުބެލެވޭނެއެވެ. އޭގެ މާނައަކީ ތިބާ، ތިބާގެ މުދާ ހަމަހަމަ ގޮތުގައި ބަހާލަން މަސެއްކަތް ކުރުމެވެ. ދަހިވުމުގެ މާނައަކީ ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުންތަކަށްވެސް ހޭދަ ނުކުރުމެވެ.  

6.    ޚިޔާލީ ކަންކަމަށް ބަރޯސާ ވުމާއި ޤަބޫލު ކުރުން:

މިކަމުން ތިބާގެ އާމްދަނީ ކުޑަވެއެވެ. އެކަހަލަ މީހުންނީ ސިކުނޑި އެހާ ހަމަޖެހޭ ބައެއް ނޫނެވެ. އެމީހުންގެ މުދަލާއި އާމްދަނީ އިތުރު ކުރުމަށްޓަކައި، ރޫޙާނީ ކަންކަމާއި ޚިޔާލީ ކަންކަން އެމީހުން ޤަބޫލު ކުރާނެއެވެ.  

7.    ޒަކާތް ނުދިނުން:

ޒަކާތުގެ ސަބަބުން ތިބާގެ މުދާ ޠާހިރުވެއެވެ. ތިބާ ކުރާ މަސެއްކަތެއްގެ ތެރެއިން ތިބާއަށް ނޭންގި ވިޔަސް، ކުޑަ މިންވަރެއްގެ ނަމަވެސް ހަރާމް އާމްދަނީއެއް ތިބާގެ މުދަލުގެ ތެރެއަށް ވަދެދާނެއެވެ. އެހެން ވެއްޖެ ނަމަވެސް ޒަކާތުގެ ސަބަބުން އެބައި ސާފު ކޮށްދެއެވެ. އެހެން ނޫންނަމަ ތިބާގެ މުދަލުގައި ބަރަކާތެއް ނުވާނެއެވެ. 

8.    ޒިންމާތަކަށް ފަރުވާ ކުޑަކުރުން:

ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރަން ފަރުޟު ކުރައްވާފައިވާ ކަންކަން ނުކުރެވި ފަރުވާ ކުޑަކުރެވޭ ނަމަ ބަރަކާތް ކުޑަވެ ދިރިއުޅުމުގެ ފެންވަރު ދަށް ވާނެއެވެ.  

9.    ފަރުވާލެއް ނެތި ނުޙައްޤު އާމްދަނީ ހޯދުން:

އެއީ ކޮންތާކުން ކިހިނެއް އައި އާމްދަނީ އެއްތޯ ބެލުމެއް ނެތި އޭގެ ބޭނުން ކުރުމެވެ. އެހެނަސް، އެހެން ލިބޭ ތަކެއްޗަށް ފުރަގަސް ނުދެވޭފަދަ މީހުން މިކަނުން އިސްތިސްނާ ވާނެއެވެ. މިކަމުގައި ހިމެނޭނީ އެއީ ހަރާމް އެއްޗެއްތޯ ނުވަތަ ނޫންތޯ ވެސް ނުބަލާ މީހުންނެވެ.  

10.   އާއިލީ ގުޅުން ކެނޑުން:

ތިބާގެ އަމިއްލަ އުފަލަށް ޓަކާ އާއިލާއަށް ގެއްލުންދީ ހެދުމަކީ ތިބާއަށް އެއީ ރަނގަޅު ކަމެއްކަމުގައި ހީވި ނަމަވެސް ތިބާގެ ދިރިއުޅުމުގެ ފެންވަރު ދަށްވާ ކަމެކެވެ.

 

- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން 

- މިއަދުނޫސް

 

މިއަދު އޮންލައިން