ސަލާންޖަހަން ނުޖައްސުވާ ކުރުމުއްދަތެއްގަ ސަރުކާރުން އައިނު ހައްދައިދިން ޢަދަދަށް ބެލިނަމަވެސް ރައްޔިތުންގެ ޖީބަށް ލުއިކޮށްދޭން މިސަރުކާރުން ކުރާ މަސައްކަތް ހާމަވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ސަލާންޖަހަން ނުޖައްސުވާ ކުރުމުއްދަތެއްގަ ސަރުކާރުން އައިނު ހައްދައިދިން ޢަދަދަށް ބެލިނަމަވެސް ރައްޔިތުންގެ ޖީބަށް ލުއިކޮށްދޭން މިސަރުކާރުން ކުރާ މަސައްކަތް ހާމަވޭ!

ލޮލުގެ ފެނުމަށް އުނިކަން ލިބިގެން އައިނު އަޅަންޖެހިއްޖެނަމަ އެއީ ކުރުން މަޖުބޫރުކަމެކެވެ. ލޮލަށް ނުފެނި އުޅުމަކީ އެއްވެސް މީހަކަށް ކުރަން އެންމެ އުނދަގޫވާނެ އެއްކަންތަކެވެ. އެހެންކަމުން އައިނު އަޅަން ޑޮކްޓަރުން ބުނެފިނަމަ ކޮންމެ ގޮތަކުން ނަމަވެސް އައިނެއް ހޯދަން މަޖުބޫރުވެއެވެ. އާސަންދައިގެ ޚިދުމަތް ދެވުނު ފަހުން ސަރުކާރުން ކޮންމެ 2 އަހަރަކުން އައިނަކަށް 1000 ރުފިޔާގެ ޢިނާޔަތެއް ދޭންފެށިއެވެ. އައިނެއްގެ އަގު ހުންނަނީ 3000 ރުފިޔާއާއި 6000 ރުފިޔާއާއި ދެމެދުގައެވެ. ގިނައީ އިތުރުވާ ފައިސާ ސަލާންޖަހައިގެން ހޯދަންޖެހޭ މީހުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އައިނަށް ސަލާންޖަހަންޖެހުން ނިމުމަކަށް ގެނެސްދީފައެވެ. އައިނު ހައްދަންޖެހޭ މީހުންނަށް އެމީހުންގެ އަތުން އެއްވެސް ޚަރަދެއްކުރަންނުޖެހި އައިނު ހައްދައިދޭން ފެށިތާ ކުރުމުއްދަތެއްގެ ތެރޭގައި މިހާރުވެސްވަނީ ޚިދުމަތް ދެވުނު މީހުންގެ ޢަދަދު 23000 އަށްވުރެ އިތުރުވެފައެވެ. ހަމަ އެއާއެކު ފާހަގަކުރަންޖެހެނީ އައިނު ނަންބަރު ނެގުމަށް ގެނެސްދިން ލުއިފަސޭހަކަމެވެ. އައިނުފިހާރައިން ނަންބަރުވެސް ހަމަ ހިލޭ ނަގައިދެއެވެ. ވީމާ ނަންބަރެއް ނަގަން ބޮޑުޚަރަދުކުރަންޖެހުންވެސް ވަނީ ނިމުމަކަށް އައިސްފައެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ މިފަދަ ޚިދުމަތްތައް ފެނުމުން މޭތެޅޭ ބައަކު އުޅޭނެއެވެ. އެކަންކަމުގެ އަގުވަޒަންކުރިޔަނުދޭން ދޮގުވާހަކަތައް ފަތުރަމުންގެންދާކަން ރައްޔިތުންނަށް މިހާރު އެނގެއެވެ. ދޮގުހަދަނީ ކޮންބައެއްކަންވެސް އެނގެއެވެ. ގުޅުންހުރި ލިޔުން: https://miadhu.mv/articles/4311378

މިއަދު އޮންލައިން