"އަޅުގަނޑު ކަސްރަތު ކުރަމެވެ. ޑައަޓްވެސް ކުރަމެވެ. އެކަމަކު ބަނޑު ހިނދޭ ގޮތެއް ނުވެއެވެ."
މިގެނެސްދެނީ މިމޭރުމުން ބުނާ ކިޔުންތެރިންނަށް ފައިދާކުރާނެ ބުއިމެކެވެ. އިން ޝާ ﷲ
ބޭނުންވާ ތަކެތި:
1 ލެމަން
1 އޮރެންޖް
1 ރަތް އާފަލް
1 ޕެއާސް
އިނގުރުކޮޅެއް
ޕާސްލީ ކޯންޏެއް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ އޮރެންޖާއި ލެމަންގެ ހުތްފެލައިލާށެވެ. ދެން ތޮށިގަނޑު ކޮށާލައި ރަނގަޅަށް ފެންފޮދެއްގައި ކެއްކުމަށްފަހު ހިހޫކޮށްލާށެވެ.
ދެން ރަތް އާފަލާއި ޕެއާސް މަށާލައި ކުދިކޮށް ކޮށައިލާށެވެ. އެއިގެ ތެރެއަށް އިނގުރުކޮޅު ކޮށާލައި ޕާސްލީ ފަތްކޮޅުވެސް ކޮށައިލާށެވެ.
އެއަށްފަހު މިކްސަރަކަށް އަޅައި އެއިގެތެރެއަށް ކުރިންފެލި ލެމަން އަދި އޮރެންޖުގެ ހުތްކޮޅުވެސް އަޅައިލުމަށްފަހު މިކްސަރުން ރަނގަޅަށް ގިރައިލާށެވެ. ގިރާލެވުމުން ރަނގަޅަށް ފުރާނައިލާށެވެ.
ބޭނުންކުރާނީ ހެނދުނު ހުސްބަޑާހުރެ ޖޯޑެއްގެ ޖޫހެވެ. ސައިބޯނީ ބައިގަޑިއިރުފަހުންނެވެ. ގިނަ ބައެއްގެ ތަޖުރިބާއިން އެނގިފައިވަނީ ދާދި އަވަހަށް އެނގުންވާން ފަށާކަމެވެ. ނިކަން ތަޖުރިބާކޮށްލަބަލާށެވެ!
- މަޢުލޫމާތު: ޞިއްޙީ ޚަބަރު