ގިނަ ބައަކަށް އުޅެންޖެހިފައިވަނީ ހިތްހަމަޖެހުން ނުލިބިގެންނެވެ. ހިތަށް ފިނިކަން ނުލިބިގެންނެވެ. ވީމާ އަޑުއަހާށެވެ!
ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ގެއިން ހިތަށް ހަމަޖެހުން ލިބިގަތުމަށެވެ. އެއިގެ މާނައަކީ ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހިތްހަމަޖެހުން ލިބިގަތުމެވެ. އެކަން ޙާޞިލުކުރެވޭނީ ގޭގައި ތިބެގެންނެވެ. ދެމީހުން އެކުގައި ވަޤުތު ހޭދަކޮށްގެންނެވެ. އެކަމަކު ގޭގައި މަޑުކޮށް ދެމަފިރިން އެކުގައި ވަޤުތު ހޭދަކުރަން ބޭނުމެއް ނުވެއެވެ. އުޅެން ބޭނުންވަނީ ގެއިން ބޭރުގައެވެ.
ދެނަ ﷲ ތަޢާލާ އަންގަވާފައިވަނީ ރޭގަނޑުން ހިތްހަމަޖެހުން ހޯދުމަށެވެ. ރޭގަނޑުން ހިތްހަމަޖެހުން ހޯދޭނީ އަވަހަށް ނިދައިގެންނެވެ. އެކަންކުރާކަށްވެސް ބޭނުމެއް ނުވެއެވެ.
ދެން ނިކަން ބުނެބަލާށެވެ! ދިރިއުޅުމަށް ހަމަޖެހުން ނުލިބިގެންވެސް އަދި ހިތްހަމަޖެހުން ނުލިބިގެންވެސް ކަންބޮޑުވުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހުރެން ބުނާނީ މިދެކަންތަކަށް ސަމާލުކަންދީފިނަމަ ބޭނުންވާ ހުރިހާ ހަމަޖެހުމެއްވެސް ލިބޭނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން