ގިނަވަމުން އަންނަނީ ދެއްވަވާ ނިޢުމަތްތަކުގެ ބޭނުންހިފާގޮތުން ޤިޔާމަތްދުވަހު ކަރުނައަޅަންޖެހޭނެ މީހުން! ސަލާމަތްކަން ލިބޭނީ ވިސްނި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ގިނަވަމުން އަންނަނީ ދެއްވަވާ ނިޢުމަތްތަކުގެ ބޭނުންހިފާގޮތުން ޤިޔާމަތްދުވަހު ކަރުނައަޅަންޖެހޭނެ މީހުން! ސަލާމަތްކަން ލިބޭނީ ވިސްނި މީހަކަށް!

ރަނގަޅަށް ވިސްނައިފިނަމަ ދުނިޔޭގައި އުޅެމުންދާއިރު ކޮންމެ މީހަކަށްވެސް ﷲ ތައާލާ ވަރަށް ގިނަ ނިޢްމަތްތައް މިންވަރުކުރައްވަވައެވެ. އެކަމާއި ގުޅިގެން އެއީ ދެއްވެވި ވަރަށް ބޮޑު ނިޢްމަތެއް ކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް ޙަޤީޤަތުގައި އެފަދަ ބައެއް ކަންކަން ވެގެންދަނީ ތިމާއަށް ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށެވެ. އެކަމުގެ ވަރަށް އާދައިގެ މިސާލެއް ބުނަން ހެއްޔެވެ؟  

މީހަކަށް ވަރަށް ބޮޑު މުސާރައެއް ލިބިދާނެއެވެ. ނުވަތަ ވިޔަފާރިން ވަރަށް ބޮޑަށް ފައިދާވެދާނެއެވެ. އަތްމައްޗަށް ވަރަށް ގިނަ ފައިސާ އަރަން ފަށައިފާނެއެވެ. އެއިރުން ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ދެއްވެވި ވަރަށް ބޮޑު ނިޢްމަތެއް ކަމަށެވެ. ނަމަވެސް ﷲ ގަންދީ ބުނަމެވެ. ގިނަ ބއަކަށް އެކަން ވެގެންދަނީ އެމީހާގެ ހަލާކު ކަމަށެވެ.  

"އެއީ ފައިސާ ލިބެން ފެށީމާ ގިނަ މީހުންނަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގެ! ކުރަން ފެށެނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން. އެކަންކަން ނުކުރެވޭނަމަ އެމީހާގެ ޤަދަރެއް އޮންނަ ކަމަކަށްވެސް ނުވިސްނޭ! ނަތީޖާއެއްގެ ގޮތުން އިރުއޮއްސިއްޖެ ނަމަ އުޅޭނީ ކޮންމެވެސް ޙަރާމް ކަމެއް ކުރުމުގަ. ހަފްތާ ބަންދުގަ ދުވާލެއް ރޭގަނޑެއްވެސް ނުބަލާނެ! އަތުން ހޭދަކޮށް އިސްރާފް ކުރެވޭ ވަރެއްވެސް ނޭނގޭނެ! ނަތީޖާއެއްގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރަނިވެރިވެ އަގުވެއްޓި ނިކަމެތިވަނީ ކިތައް މީހުން؟"

ދުނިޔޭގައި އުޅެން ކޮންމެވެސް ވަރަކަށް ފައިސާ ބޭނުންވާނެއެވެ! ޙަލާލު ގޮތުގައި ފައިސާ ހޯދެން އޮތް ނަމަ ގިނަ ފައިސާ ހޯދުމަކީވެސް އެއްވެސް މައްސލައެއް ނޫނެވެ! ނަމަވެސް ޔަޤީންކުރަންވީ ﷲ ތަޢާލާ އާއި ތިމާ އާއި އޮންނަ ގުޅުން ކުޑަވާނެ، ނުވތަ ކެނޑިގެން ހިނގައިދާނެ ގޮތަށް އެއްވެސް ފައިސާއެއް ހޯދައިގެން ނުވާނެކަމެވެ. އަދި ފައިސާ ލިބުމުންވެސް ﷲ ތަޢާލާ އާއި ތިމާ އާއި އޮންނަ ގުޅުން ކުޑަވާނެ، ނުވތަ ކެނޑިގެން ހިނގައިދާނެ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމެވެ.  

މީސްތަކުންނޭވެ! ފައިސާވެރިކަމާއި ޤަދަރާއި މަތީ މަޤާމަކީ ފަޚުރު ކަމުގައި ނުދެކޭށެވެ! އެންމެ ބޮޑު ފަޚުރަކީ ﷲ ތަޢަލާގެ އަޅަކަށްވުމާއި ފުރިހަމަގޮތުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުންމަތުގެ މީހެއް ކަމުގައިވުން ކަމަށް ދެކޭށެވެ! ކިތަންމެ މަތީ މަޤާމެއް ، ޢިއްޒަތެއް އަދި ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނު ނަމަވެސް އެއީ ފަޚުރުކަމަށް ނުދެކޭށެވެ! އެއީ ތިބާ އާއި ވަކިވެގްންދާނެ ކަންކަމެވެ.

އާޚިރަތް އެދޭ މީހާ ދެކެންވާނީ ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ކުރިމަތި ކުރައްވަވާ އިމްތިހާނެއް ކަމަށް މަސައްކަތްކުރަންވާނީ އިމްތިޙާނުން ފާސްވުމަށެވެ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން