ލޯފަން މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއިން މިއަހަރު ބާއްވާ ފުރަތަމަ ހޭލުންތެރިކުރުމުގެ ކޭމްޕް، ދެކުނުގެ ތިން ސިޓީގަ ކުރިއަށް ގެންދަނީ-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ލޯފަން މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއިން މިއަހަރު ބާއްވާ ފުރަތަމަ ހޭލުންތެރިކުރުމުގެ ކޭމްޕް، ދެކުނުގެ ތިން ސިޓީގަ ކުރިއަށް ގެންދަނީ-

ލޯފަން މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ، ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) ގެ ފަރާތުން މިއަހަރު ބާއްވާ ފުރަތަމަ ހޭލުންތެރިކުރުމުގެ ކޭމްޕް، ދެކުނުގެ ތިން ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ،މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަޤުޞަދުގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި އެ ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. 

މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ ކޭމްޕް އަމާޒުކޮށްފައިވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ތިނަދޫ ސިޓީއަށެވެ. 

އެގޮތުން، މި ކޭމްޕްގެ ތެރެއިން މުޅި ޖުމުލަ 4 ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. 

މިގޮތުން ބަލާ އިރު - ފުވައްމުލައް ސިޓީގަ: 1 ސެޝަން- އައްޑޫ ސިޓީ: 2 ސެޝަން (ހިތަދޫގައި 1 ސެޝަން އަދި މަރަދޫގައި 1 ސެޝަން)

- ތިނަދޫ ސިޓީގަ: 1 ސެޝަން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަ ޖެހިފައެވެ 

މި ކޭމްޕްގައި ޢަމަލީގޮތުން ހަރަކާތްތެރިވުމަށް، ބީ.ވީ.އައި.އެސް.އެމްގެ ފަރާތުން ޖުމުލަ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ދެކުނަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި ޓީމުގައި ހިމެނެނީ ޖަމިއްޔާގެ 7 މެންބަރުންނާއި، މި ދަތުރުގެ މީޑިއާ ކޯޑިނޭޓަރެވެ. 

މި ކޭންޕް ގަ ހިމެނޭ މީހުންގެ ތަރޭގާ - ޙުސައިން ޝަރީފް: ޖަމިއްޔާގެ ރައީސް

- ޢަލީ ޝަމީމް: ޖަމިއްޔާގެ ނައިބު ރައީސް

- މުޙައްމަދު ސައްދާމް: ޖެނެރަލް ސެކްރެޓަރީ

- މުޙައްމަދު ނާހިލް: ޚަޒާންދާރު

- ޢަބްދުﷲ ޒިޔާޢު: ބޯޑު މެންބަރު

- އަޙްމަދު ފަޔާޒް: ޢާންމު މެންބަރު

- ޢަބްދުއްލަޠީފް: ޢާންމު މެންބަރު

- ޙަފްސީ ޢަބްދުﷲ: ކޭމްޕްގެ މީޑިއާ ކޯޑިނޭޓަރު ހިމެނެވެ. 

ބީ.ވީ.އައި.އެސް.އެމްގެ މީޑިއާ ކޯޑިނޭޓަރު ޢަބްދުލް ރަޒާޤު މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި،  މިފަހަރުގެ ކޭމްޕްގެ ސެޝަންތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޚިދުމަތްތައް ދޭ މުއައްސަސާތަކާއި ކުންފުނިތަކަށެވެ.  ނަމަވެސް،ބޭނުންވާ ކޮންމެ ޢާންމު ރައްޔިތަކަށްވެސް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެފައި އޮންނާނެކަމަށް ޢަބްދުލް ރައްޒާޤު ބުނެފާވެއެވެ. އަދި މިފަދަ ކޭމްޕްތަކެއް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ލޯފަން ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ޙައްލު ހޯދޭނެ މަގުފަހިކޮށްދިނުމެވެ. ހަމައެއާއެކު، މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި ލޯފަން ފަރާތްތައް ބާކީނުކޮށް، ޢާންމު ފަރުދުންނެކޭ އެއްފަދައިން ހުރިހާ ދާއިރާއަކުންވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަކީ މި ޖަމިއްޔާގެ މުހިންމު އަމާޒިއް ކަމަށްވެސް ޢަބްދުލް ރައްޒާޤު ބުނެފާވެއެވެ. 

މިފަދަ ޕްރޮގްރާމްތަކާއި ސެޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި، އަބަދުވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ޢަބްދުއްރައްޒާޤު ފާހަގަކުރެއްވިއެވެ. އެގޮތުން، މިފަހަރުގެ ކޭމްޕަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވިއަން، އަދި އައްޑޫ ސިޓީއާ ، ފުވައްމުލައް ސިޓީއާ، މަލްޑިވެސް ޕޮލިcއެ ސެރްވިcއެ އާ، އަދި ތިނަދޫ ސިޓީގެ ކައުންސިލްތަކާއި ފަރާތްތަކުން ލިބިފައިވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް ޖަމިއްޔާގެ ނަމުގައި ޝުކުރު އަދާކުރެއެވެ.

 

- ރިޕޯޓް: މިއަދުނޫހުގެ ޚާއްޞަ ބައިވެރިއެއް

މިއަދު އޮންލައިން