ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް ކުރަން އިސްކަންދޭންވީ 2 ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް ކުރަން އިސްކަންދޭންވީ 2 ދުޢާ!

ޝައިޚް އެވެ! މިއީ މިޘާލެކެވެ! އޭނާއަކީ ވަރަށް ބޮޑު މިޞީބާތެއްގައިވާ މީހެކެވެ. އޭނާއަށް ފުރުޞަތު ލިބެނީ އޭނާ އެންމެ ބޮޑަށް ބޭނުންވާ ނުވަތަ އެންމެ ބޮޑަށް ފައިދާކުރާނެ 2 ދުޢާކުރުމަށެވެ. އެޙާލަތުގައި ކުރަން ޝައިޚް ވިދާޅުވާނީ ކޮން 2 ދުޢާއެއްތޯއެވެ؟  

ޝައިޚުގެ ޖަވާބު: ތިބާގެ މަޤްޞަދު ވިސްނިހުރެ ބުނަމެވެ.  

އަހުރެންނަމަ ފުރަތަމަ ކުރާނީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ! އެއީ:  

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ 

ދެން ކުރާނީ ޔޫނުސްގެފާނު ކުރެއްވެވި ދުޢާއެވެ. 

لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

އިބްރާހީމްގެފާނު މިދުޢާކުރެވުމުން އެބިޔަ އަލިފާންގަނޑުން ސަލާމަތްކޮށްދެއްވެވިއެވެ. ޔޫނުސްގެފާނު މިދުޢާކުރެއްވުމުން އެބިޔަ މަހުގެ ބަނޑުން ސަލާމަތްކޮށްދެއްވެވިއެވެ. ވީމާ މިދެ ދުޢާއަކީ ކިތަންމެ ބޮޑު މުޞީބާތެއް ޖެހުނަސް ސަލާމަތްކަމަށް އެދިގެން ކުރަން އޮތް ދެދުޢާއެވެ.  


- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން