އެމީހެއްގެ ފުރާނަ ހިއްޕަވާ ވަޤުތުން ފެށިގެން އެމީހާގެ ޢަމަލުތައް ބަންދުވީކަމަށް ބުނެވެނީ އެމީހަކަށް އެވަޤުތުން ފެށިގެން އިތުރަށް އެއްވެސް ޢަމަލެއް ނުކުރެވޭނެތީއެވެ. ހެޔޮދުޢާއެއްވެސް ނުކުރެވޭނެތީއެވެ. އެވަޤުތުން ފެށިގެން އެމީހަކަށް ފައިދާކުރާނީ ދިރިތިބި މީހުން އެމީހަކަށްޓަކައި ކުރާ ދުޢާއިންނެވެ.
ވިސްނަންވީ ތިމާވެސް މަރުވާނެކަމެވެ. ތިމާއަށް އެހެން މީހުންގެ ހެޔޮދުޢާ ބޭނުންވާނެ ކަމެވެ. ވީމާ ދިރިހައި ހިނދަކު ހުންނަންވީ މަރުވެފައިވާ އެންމެންނަށްޓަކައި ހެޔޮދުޢާކުރުންމަތީގައެވެ. ތިމާގެ މައިންބަފައިންނަށާއި ގާތް މީހުންނަށްޓަކައި ކުރާ ދުޢާގައިވެސް މަރުވެފައިވާ އެންމެން ހިމަނާށެވެ. އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ.
ގުޅުންހުރި ލިޔުމެއް-:
ކަށުނަމާދުގައިވެސް މައްޔިތުންނަށް ކޮށްދޭންވީ ހެޔޮ ދުޢާއެވެ. އަދި މައްޔިތާ ވަޅުލެވޭ ވަޤުތުގައިވެސް އޮތީ އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމެވެ. އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާއި ކައްވަޅުގައި ޘާބިތުކަން ދެއްވެވުން އެދިގެންނެވެ. މާނައަކީ ވަޅުލެވުމުން މަލާއިކަތުން ކުރައްވަވާ 3 ސުވާލަށް ޖަވާބުދިނުމުގެ ކުލަދާނަކަން އޭނާއަށް ދެއްވެވުން އެދިގެން ދުޢާކުރުމެވެ.
އެ ދުޢާ ކުރުމަކީ ކަށުނަމާދު ކުރުމަށްފަހު ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. މައްޔިތާއަށްޓަކައި އަބަދާއި އަބަދު އިޚްލާޞްތެރިކަމާއިއެކު ހެޔޮ ދުޢާކޮށް ދިނުމަކީ އޭނާއަށްޓަކައި ކޮށްދެވޭނެ ހެޔޮ ކަންތަކެވެ.
اللَّهُمَّ اغْفِرْ لحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا "
O Allah, forgive our neighbors and our dead, and we have seen and absent, our little,
އަބަދުވެސް ހަނދާން ކުރަންވީ ކޮންމެ މީހަކީވެސް މަރުވާނެ މީހެއް ކަމެވެ. ތިމާވެސް މަރުވާނެ ކަމެވެ. ތިމާއަކީވެސް އެހެން މީހުންގެ ހެޔޮދުޢާއަށް ބޭނުންވާނެ މީހަކު ކަމެވެ. ވީމާ އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުންމަތީގައި ދެމިހުންނާށެވެ! އެކަމަށް ޙައްޤު އަޖުރު ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން