ސިޙުރުވެރިއަކު ތަނަވަސް އަންހެނަކާއި ބައްދަލުކޮށްފައި ބުންޏެވެ. "ތިބާގެ ފިރިމީހާ ތިބާ ދޫކޮށްލާފައި ދިއުމުން ދެރަވެފައި ތިއަ އިންނަނީ ކީއްވެގެން ހެއްޔެވެ؟ ތިބާދެކެ މާލޯބިވާ، މާރަނގަޅު މީހަކު ހޯދައިދީފާނަމެވެ."
އަންހެން މީހާ ބުންޏެވެ. "އަހުރެން އެކަނިވީތާ އަދި މިއީ 5 ވަނަ މަހެވެ. އެކަމަކު އަހުރެންނަށް އެނގިފައި އޮތްގޮތުން ތިބާގެ އަނބިމީހާ ވަކިވެގެންދިއަތާ 5 އަހަރުވެއްޖެއެވެ. ތިއަ މޮޅު ސިޙުރުހަދައިން މާރީތި، މާލޯބިވާ، މާރަނގަޅު އަންތބަކު ނުހޯދައި ތިއަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟"
ސިޙުރުވެރިޔާ މޮޅު ވާހަކަތައް ދަކަން ފެށުމުން އަންހެން މީހާ ބުންޏެވެ. "ތިބާ އަހުރެންގެ ގާތަށް ގެނުވި ސިޙުރު މާބާރުގަދައެވެ. އެއީ އަހުރެންގެ އަތުގައި ހުރި ފައިސާއެވެ. އެސިޙުރުގައި ޖެހިގެން ވަރަށް ގިނަ ޒުވާން ކުދިންވެސް މިހާރުވެސް އެބަ އުޅެއެވެ. އަހުރެން މިގެންދަނީ އެސިޙުރުން އެމީހުން ސަލާމަތްކުރަމުންނެވެ. ވީމާ ތިބާގެ ސިޙުރު އަހުރެންނަށް ހަދައިދިނުމުގެ ކުރިން ފުރަތަމަ ކަމަށް ތިބާއަށް އަންތބަކު ހޯދާށެވެ!"
ދެން އޭނާ ބުނީ ތަނަވަސްކަން މިހާރަށްވުރެވެސް އިތުރުވާނެ ސިޙުރެއް ހަދައިދީފާނެ ކަމަށެވެ. އަންހެން މީހާ ބުނީ ފުރަތަމަ އެސިޙުރުވެސް ތިބާއަށް ހަދައި ދުނިޔޭގައި ހުރި އެންމެ ތަނަވަސް މީހާއަށްވުމަށްފަހު އެސިޙުރު ހަދައިދޭން އައުމަށެވެ. ސިޙުރުވެރިޔާއަށް ޖެހުނީ އަނގަބަންދުވެގެންހުރެ ނުކުމެގެންދާށެވެ.
ލޮބުވެތި އެކުވެރިންނޭވެ! ސިޙުރުވެރިން ޖަހާ މިފަދަ މަޅިތަކުގައި ނުޖެހޭށެވެ. ސިޙުރުވެރިން ދައްކާ މިބާވަތުގެ ވާހަކަތައް މީހުން ޤަބޫލުކުރީ ތަޢުލީމެއް ނެތް ޖާހިލު ޒަމާނުގައެވެ. މިއަދު ޢިލްމް އުނދެނިގެން ތިބެ ޤަބޫލުކުރާނަމަ އެމީހަކީ ހަމަ ބޮޑު ޖާހިލެކެވެ. ބުއްދީގެ ބޭނުންކުރަން ނުއެނގުމަށްވުރެ ބޮޑު ޖާހިލުކަމެއް ނުވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން