ފުޑް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ގޮތަށް ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފުޑް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ގޮތަށް ކަނޑައަޅައިފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އަލަށް އެކުލަވާލި "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދު" ގައެވެ.

މި ޤަވާއިދަކީ އިންސްޕެކްޓަރުން އައްޔަނުކުރުމުގެ އުސޫލުތަކާއި އެ ފަރާތްތަކަށް ލިބިގެންވާ ބާރުތައް ސާފުކޮށް ބަޔާންކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ. މީގެ އިތުރުން، އިންސްޕެކްޓަރުން މަސައްކަތުގެ މައިދާނުގައި ގެންގުޅެންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި، ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް މި ޤަވާއިދުގެ ދަށުން ވަނީ ގާއިމުކޮށްފައެވެ.

އަލަށް އަމަލުކުރަން ފެށި ޤަވާއިދުގައިވާ ގޮތުން، ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ދުރާލައި އެންގުމަކާ ނުލައި ބަލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، ރެކޯޑުތަކުގެ ކޮޕީ ހެދުމާއި، މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމުގެ ބާރުވެސް ލިބެއެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ތަކެތި ނައްތައިލުމުގެ އިޚްތިޔާރުވެސް އިންސްޕެކްޓަރުންނަށް އޮވެއެވެ. ނަމަވެސް، މީހުން ދިރިއުޅޭ އަމިއްލަ ގެދޮރު ފާސްކުރެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.

އިންސްޕެކްޓަރަކު ޤާނޫނާ ނުވަތަ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާ ކުރާނެ މަރުހަލާތަކަކީ:

މީގެ އިތުރުން، ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ކާބޯތަކެތީގެ ވިޔަފާރި ހިންގުމުގައި ބައިވެރިވުމާއި، ހަދިޔާ ނުވަތަ މާލީ މަންފާ ހޯދުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށް ޤަވާއިދުގައިވެއެވެ.

އިންސްޕެކްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ވަނީ ހުޅުވާލާފައެވެ. އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ހުށަހެޅުމުން، 30 ދުވަހުގެ ތެރޭގައި އެ އިދާރާއިން އެކަމަށް ޖަވާބެއް ދޭންޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން