ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވަން އާދަކުރުމަކީ ދިރިއުޅުން ކުރިއަރައި އާޚިރަތް އުފާވެރިވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވަން އާދަކުރުމަކީ ދިރިއުޅުން ކުރިއަރައި އާޚިރަތް އުފާވެރިވާނެ ސަބަބެއް! އިން ޝާ ﷲ

ކޮންމެހެން މިސްކިތައް ދާކަށް ނުޖެހޭ. އަދި މިސްކިތުގައި އިނދެގެންވެސް ތިމާއަށް ދެތިން ޞަފްޙައެއްގެ މިންވަރު ކިޔަވާލަން ދައްޗެއް ނުވާނެ. 5 ވަރަކަށް މިނިޓް ނުނަގާނެ. އެކަމަކު ދުނިޔެވީ އެހެން ކަންކަން އަޅުގަނޑުމެން ވަށާލާފަ މިވަނީ. ކިހާވަރަކަށްތޯ ކިޔަވެނީ. މީކުރެވޭނެ ސުވާލެއް. ތިލާވަތު ކުރެވޭތޯ.  

ބައެއް ޞާލިޙް އަޅުވެރިން ކޮންމެ ނަމާދެއްގެ ފަހަތުގައި ކީރިތ ޤުރުއާނުގެ ވަކި މިންވަރަކަށް މުރާޖަޢާވެސް ކުރައްވަމުން، ޞޮފްޙާތައް ކިޔުއްވަމުން ގެންދެވީ! އަދި އޭގެ އިތުރުން ކޮބައިތޯ އަޅުގަނޑުމެން ގޭގަ ކިހާވަރަކަށްތޯ ގޭގަ ކީރިތި ޤުރުއާން ކިޔެވެނީ؟ ރަމަޟާން މަސް ފާއިތުވެއްޖެ އަޅުގަނޑުމެންނަށް.  

ރަމަޟާންމަސް ދިޔައީމަ، ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މަހެއް، އެމަހުގަ އަޅުގަނޑުމެން ކީރިތި ޤުރުއާން ކިޔަވަމު. ޚަތިމްވެސް ނިންމޭ ބޭފުޅުން ނިންމާ. 2 ޚަތިމް ނިންމާ ބޭފުޅުން 2 ޚަތިމްކޮށް މުރާޖަޢާ ކުރުން ކުރިއަށް ގެންދޭ. އެކަމަކު ރަމަޟާން ނިމުމަށްފަހު އަޅުގަނޑުމެން ގެ މުސްލިމް ކަމެއް ނިމިގެންނެއް ނުދޭ. އަޅުގަނޑުމެން އިމާންވާ އިލާޙު ބަދަލުވެގެންނެއް ނުދޭ. އަޅުގަނޑުމެން ޢީމާން ވަނީ އެއް ފަރާތަކަށް. އަދި އެކަލާންގެ އަޅުގަނޑުމެންނަށް ފޮނުއްވި ރިސާލަތަކީ ކޮބައިތޯ؟ ރިސާލަތަކީ މުޙައްމަދިއްޔަ ރިސާލަތް. މި ރިސާލަތަށް މިކިޔަނީ ﷲ ގެ ކަލާމްފުޅު. މި ރިސާލަތުގަ މިއޮތީ އުޅެންވާ ގޮތް.  

...- މާނައީ:" ތަޤުވާވެރިންނަށް ހުރި ޙިދާޔަތެއްކަމުގަ މިފޮތް ވެގެން މިދަނީ. ތަޤުވާ ވެރިންނަށް ހުރި ޙިދާޔަތެއް ކަމުގައި." ދިރިއުޅުމުގެ ހުރިހާކަމެއް ދަސްކޮށްދޭ މި ފޮތް.  

މިރޭ އަޅުގަނޑުމެން ނުދައްކާނަން ކީރިތި ޤުރުއާން ތަދައްބަރު ކޮށް ތަޢައްމަލް ކުރާށޭ. ނަމަވެސް އަޅުގަނޑުމެން މިކިޔަނީ ތިލާވަތު ކުރަނީ ކިހާ މިންވަރަކަށްތޯ. އަޅުގަނޑުމެން ކޮންމެ މީހަކަށް އިނގޭ އެއް އަކުރު ކިޔައިފިއްޔާ ކިހާ ވަރަކަށްކަން ޘަވާބު ލިބިގެންދަނި. އެދި އެނެމް ހެޔޮކަމެއްގެ ދަރުމަ އިތުރުވެގެން ދަނީ ކިހާވަރަކަށްކަން. އެނގެއެއްނޫންތޯ؟ އެއީ އަޅުގަނޑުމެން ތެރޭގަ މައްޝޫރު ވާހަކައެއް. ނަމަވެސް ތިލާވަތު ކުރަން ވަގުތު ދެވެނީ ކިހާ ވަރަކަށްތޯ؟ ގޭގަ އަޑުއަހަރުކޮށް ކީރިތި ޤުރުއާން ކިޔަވަނީ ކިހާ ވަރަކަށްތޯ؟ ރަމަޟާންމަސް ފާއިތުވެއްޖެ. އެކަމަކުވެސް ރަމަޟާންމަސް ފާއިތުވެގެން ދިޔަ ނަމަވެސް އަޅުގަނޑުމެންގެ ކުރީގެ ކާބަފައިން މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ކީރިތި ޤުރުއާން ކިޔަވަން ބާރު އަޅާ. އެބޭކަލުން ކީރިތި ޤުރުއާން ކިޔަވާ ހައްދަވާ. އެކަން އަޅުގަނޑުމެން ކުރައްވަމުތޯ؟  

ލޮބުވެތި އަޚުން، ރަމަޟާން މަސް ވަކިވެގެން ދިޔަޔަސް ﷲ ގެ ކަލާމްފުޅު އަޅުގަނޑުމެން ތިލާވަތު ކުރުން ހުއްޓާލައިގެން ނުވާނެ. ތެދެއް، މާނަ ފަހުމް ނުވެދާނެ އަޅުގަނޑުމެން އެންމެންނަށް. އަޅުގަނޑުމެންގެ ތެރެއިން އެކަމުގެ ޢިލްމު ލިބިފަ ތިބި ބަޔަކށް މެނުވީ އެކަން ނުވޭ. އެކަމަކުވެސް ގިނައިން ކިވެޔި ވަރަކަށް ތިބާ ފަރިތަވެގެން ދާނެ.

 

- ޝައިޚް މުޙައްމަދު މަންސޫރުގެ ދަރުސަކުން

މިއަދު އޮންލައިން