އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި އޮންނާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި އޮންނާނެ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. މި ހަރަކާތަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ހަރަކާތެކެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މާދަމާ ހަވީރު 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މި ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ކޯރތަކާއި ތަފާތު ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދާ މި މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. މި ހިނގާލުން ކުރިއަށްދާއިރު، ދެ ސަރަހައްދަކަށް މަޑުކޮށް މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ވަނީ ރޭވިފައެވެ.

ބޭންޑުގެ ހުށަހެޅުންތައް ދައްކާލުމަށް ހަމަޖެހިފައިވާ ދެ ސަރަހައްދަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު އަދި ހުވަނދުމާހިނގުން ގުޅޭ ކަންމަތި) އާއި ސިފްކޯ ފުލެޓް ކުރިމަތި (ހައިވަކަރުމަގު އަދި ކުދިމާހިނގުން ގުޅޭ ކަންމަތި) އެވެ. މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާ ގުޅުވައިގެން އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ހަރަކާތެކެވެ.

މިއަދު އޮންލައިން