ދުނިޔޭގައި ހުރެވުނުއިރު އެކަންކަން ނުކުރެވުނީތީ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހޭނެ ކަންތައްތަކެއްވެއެވެ. އެއިގެ ތެރެއިން އެއް ކަމަކީ ބަޤަރާ ސޫރަތާއި އާލްއިމްރާން ސޫރަތް ނުކިޔެވުމެވެ.
ޤިޔާމަތް ދުވަހު ގަދަ ހޫނުގައި ތިބޭއިރު އެ ދެ ސޫރަތް ކިޔެވި މީހުންނަށް އެ ދެ ސޫރަތް ހިޔާ ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ބަޤަރާ ސޫރަތް ކިޔަވާ މީހާ އާއި އަދި ކިޔަވާ ގެއަކާއި އިބިލީސް ކައިރިއެއް ނުވާނެއެވެ. މިއީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން އެނގެންހުރި ކަންކަމެވެ.
އިބިލީހަށް އެމީހަކާއި ކައިރި ނުވެވުނީމައި އެމީހަކު ހުންނާނީ އިބިލީހުގެ ކިބައިން ވަރަށް ބޮޑަށް ސަލާމަތްކަން ލިބިގެންނެވެ. ފާފަތަކަށް އަރައިގަނެވުން މަދުވާނެއެވެ. ހެޔަ އަމަލުތައް ކުރެވުން ގިނަވާނެއެވެ. މިހިރީ ހައްތާވެސް ޤިޔާމަތް ދުވަހު އެމީހަކަށް އެންމެ ބޮޑަށް ފައިދާ ކުރާނެ ކަންކަމެވެ.
Abu Umaamah, may Allah be pleased with him, narrated that he heard the Prophet say, "Recite the Quran, for it will come as an intercessor for its reciters on the Day of Resurrection. Recite Surat Al-Baqarah and Aal-‘Imraan, as on the Day of Resurrection they will come like two clouds, or two black canopies with light between them, or like two flocks of birds in ranks, pleading for the one who recited them. Recite Surat Al-Baqarah, as taking it is a blessing and abandoning it is a sorrow, and the Batalah (the sorcerers or the idle and lazy people) are but helpless about it." [Muslim]
ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއިބެހޭ ގޮތުން ޙަދީޘްފުޅުގައިވެއެވެ. "އެ ދެ ސޫރަތް ކިޔަވާ މީހާ ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭއިރު އެމީހާގެ ކުރިމަތީގައި އެ 2 ސޫރަތް ވާނެއެވެ. އަދި އެމީހާ ނަރަކައިން ސަލާމަތްވުމަށް އެ ދެ ސޫރަތް ޙުއްޖަތެއް ކަމުގައިވެއެވެ."
ވީމާ މިދެ ސޫރަތަކީ ދިގު ސޫރަތްތައް ކަމުގައިވާތީ ކިޔަވަން ކަންނެތް ނުވާށެވެ! ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ކޮންމެ ދުވަހަކު 2 ސޫރަތް ނުކިޔެވުނު ނަމަވެސް ދުވާލަކު ސޫރަތެއް ނަމަވެސް ކިޔަވާ މީހާއަށް އެކަމުގެ ސަވާބާއި ދަރުމަ ލިބިގެންދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން