ހުޅުމާލެ ރަށު މާރުކޭޓުން ގަވާއިދާ ހިލާފަށް އުޅޭ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުޅުމާލެ ރަށު މާރުކޭޓުން ގަވާއިދާ ހިލާފަށް އުޅޭ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލެ ރަށު މާރުކޭޓުން 20 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ހުޅުމާލެ ރަށު މާރުކޭޓަށް އަމާޒުކޮށްގެން ހިންގި ހަރަކާތެކެވެ. މި އޮޕަރޭޝަންގައި އެ މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީން ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ފާސްކުރެވުނު މީހުންގެ ތެރެއިން 20 މީހަކީ ރާއްޖޭގައި އުޅުމާއި މަސައްކަތް ކުރުމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ތިބި މީހުންނެވެ. އެހެންކަމުން އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރުމަށް 2024 ވަނަ އަހަރުގެ މެއި މަހު ފެށި "ކުރަނގި އޮޕަރޭޝަން" އަށް ފަހު، ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ބިދޭސީންނަށް ފުރުސަތުތަކެއް ދީފައިވެއެވެ. ނަމަވެސް، އެ ފުރުސަތުގެ ބޭނުން ނުހިފާ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ހޯދައި، އެފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ދަނީ ވަރުގަދަ ކުރަމުންނެވެ.

މިއަދު އޮންލައިން