ގިނަ ބައަކަށް ބޭނުންވާ ދުޅަހެޔޮކަމާއި ބާރު ހޯދަން އަގުބޮޑު ބޭސްތައް ބޭނުންކުރެއެވެ. އެކަމުގެ ސަބަބުން ނާރުތައް ބަލިކަށިވެ އެތައް ކަމެއް ކުރިމަތިވެއެވެ. އެހެންވެ މިގެނެސްދެނީ އެކަމަށް އެހީތެރިވެދޭނެ ފައސޭހައިން ތައްޔާރުކޮށްލެވޭނެ ލުއިކާނާއެކެވެ. ޚަރަދުވެސް ވަރަށް ކުޑައެވެ.
ބޭނުންވާ ތަކެތި:
- 1 ވައް ދޮންކެޔޮ
- 2 ސަމުސާ އަސްލު މާމުއި
- ހެޔޮވަރުގެ 2 އޮށް ކަދުރު
- މޭޒުމަތީ ސަމުސަލެއްގެ މުގުރި އާމަންޑް
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮވަކާއި ކަދުރު ކުދިކޮށް ކޮށާލައި އުލަކުން ޗަސްކޮށްލާށެވެ. އެއިގެ ތެރެއަށް އާމަންޑް ސަމުސާ އަޅައި އެއްކޮށްލާށެވެ. މާމުއި 2 ސަމުސާވެސް އަޅައި އެއްކޮށްލާށެވެ!
ބޮޑުތަނުން ޚަރަދު ކުޑަވެ ދުޅަހެޔޮކަމާއި ބާރު ދާދި އަވަހަށް ލިބެން ފަށާނެއެވެ! އިން ޝާ ﷲ
- މަޢުލުމާތު: ޞިއްޙީ ޚަބަރު