ލޯބިވެގެން ކައިވެނިނުކޮށް އެކުގައި އުޅުމާއިމެދު ބައެއް ޒުވާނުން ސުވާލުކުރެއެވެ. އެމީހުންނަށް ބުނެދޭން ބޭނުންވަނީ މިޙަދީޘްފުޅެވެ.
Ma’qil ibn Yasar reported: The Messenger of Allah, peace and blessings be upon him, said, “For an iron nail to pierce the head of one of you would be better for him than to touch a woman who is not lawful for him.”
Source: al-Mu’jam al-Kabīr lil-Ṭabarānī 20/211
Grade: Sahih (authentic) according to Al-Albani
ލޮބުވެތި ޒުވާނުންނޭވެ! ހިތުން ލޯބިވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މައްސަލަ މިއުފެދެނީ ގައިގަ ބީހެވޭ ހިސާބުންނެވެ. ޙަދީޘްފުޅުގައި އެއޮތީ އެކަމުގެ ހުރި ނުރައްކަލެވެ. ބޮލަށް ތޫނު އެއްޗެއް ހެރުމަށްވުރެ އެކަމުގެ ހުރި ނުރައްކާ މާބޮޑު ކަމަށެވެ. ޝައިޚް އަލްބާނީ އެވަނީ ޙަދީޘް ޞައްޙަކަމަށް ބަޔާންކުރައްވައިފައެވެ.
އިސްލާމް ދީނުގައި އޮތީ ފާފަނުކުރުމަކަށް އެކަންޏެއް ނޫނެވެ. ފާފައެއް ކުރެވިދާނެ ކަންކަމާއިވެސް ކައިރިނުވުމަށެވެ. ޤުރްއާނުގައިވެސް އަދި ޙަދީޘްފުޅުގައިވެސް އޮތީ ހަމަ އެގޮތަށެވެ. ވީމާ އަހުރެމެންނަށް އުފެއްދޭނީ ކޮން ސުވާލެއް ހެއްޔެވެ؟
ވީމާ ތިއަކުރާ ސުވާލުގެ ޖަވާބަކީ ހިތުން ލޯބިވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ކައިވެނިނުކޮށް ގައިގަ ބީހުން ޙަރާމެވެ. ގައިގަ ބީހެން ބޭނުންނަމަ އަވަހަށް ކައިވެނިކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން